ޕީޕަލްސް ނޭޝަނަލް ކޮންގްރެސް- ޕީއެންސީ އޮފީހުގައި ފްރީ ރައީސް ޔާމީން ޕޯސްޓަރެއް ހަރުކޮށްފިއެވެ.
މި ޕޯސްޓަރު ޕާޓީ އޮފީހުގެ ދޮރާށީގައި ހަރުކޮށްފައި މި ވަނީ އެ ޕާޓީއަށް އެކިކަހަލަ ފާޑުކިޔުންތައް އަމާޒުވެ، ޕާޓީ ދޫކޮށް ގިނަ އަދަދެއްގެ ރައްޔިތުން ދާން ފެށި ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅުވާ ޕީއެންއެފްއިން އެޕާޓީގެ ޕްރައިމެރީގައި އަމަލުކުރަމުންދާ ގޮތާއި މެދު ހިތް ހަަމަ ނުޖެހިގެން އާދިއްތަ ދުވަހުގެ ރޭ އެ ޕާޓީގެ މެމްބަރުން ވަނީ އިހުތިޖާޖުކޮށްފިއެވެ.
އެގޮތުން ޕާޓީއަށް ހިދުމަތް ކޮށްދީފައި ނުވާކަމަށް ބުނެ ބައެއް މެމްބަރުންނަށް ނަން މަޖިލީހަށް ކުރިމަތި ނުލެވޭހެން އަނބުރާ ނެގުމަށް ޕާޓީގެ ފަރާތުން ދަނީ ސިޓީ ފޮނުވަމުންނެވެ. ޕީއެންސީގެ ޗެއަރ ޕާސަން އަބްދުއްރަހީމުއަށް މަޖިލިސް ރައީސް ކަމަށް އާދެވެން އޮތީ އެމަނިކުފާނު ރުހޭ ބަޔަކަށް މަޖިލިސް ގޮނޑިތަކުގައި ވާދަކުރަން ފުރުސަތު ދީގެން ކަމަށް ވުމުން، ޕާޓީއަށް ވަފާތެރި އެތައް ބަޔަކު ފަހަތަށް ޖެއްސުމަށް ފަހު ޓިކެޓުތައް ތަބަކަށް ލާފައި ބަހަމުންދާ ކަމަށް ބުނެ ޕީއެންސީ އޮފީހުގައިވަނީ ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައެވެ.
މީގެ އިތުރުން ޕީއެންސީ ޕްރައިމަރީގެ ކަންކަމާއި މެދު ހިތް ހަަމަނުޖެހި އިހުތިޖާޖުކޮށްފައިވާއިރު ރައީސް ޔާމީން އަތްޕުޅުން ދެ ޕާޓީ ޖަހައިގަނެގެން އުޅޭނީ ޕާޓިއެއްވެސް އުފެއްދުމުގެ ގާބިލުކަން އަބްދުއްރަހީމު ފަދަ ބޭފުޅުން ކިބައިގައި ނެތުމުން ކަމަށްބުނެ, އަބްދުއްރަހީމުއަށް އަންނަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވަމުންނެވެ.