April 3, 2026
Advertisement
ރާއްޖެ ލެއްގި ސޯމާލިއާގެ 3 މީހުން
ރާއްޖެ ލެއްގި ސޯމާލިއާގެ 3 މީހުން / ސޯޝަލް މީޑިއާ

މިލިއަން ޑޮލަރުގެ ޑްރޯންތަކަށް ނުފެނި ރާއްޖެ އައި ސޯމާލިޔާގެ މީހުން ރަށުތެރެޔަށް ދޫވެފައި!

Aishath Naja
އައިޝަތު ނަޖާ
Jun 25, 2024, 08:05 PM
މާލެ ސިޓީ

މިލިއަން ޑޮލަރުގެ ޑްރޯންތަކަށް ނުފެނި ރާއްޖޭ އައި ސޯމާލިޔާގެ މީހުން ރަށުތެރެޔަށް ދޫވެފައިވާކަން ހާމަވެެއްޖެއެވެ.

Advertisement

މިކަން ހާމަވެފައި ވަނީ ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނަ ވީޑިޔޯގެ ސަބަބުންނެވެ.

އެެގޮތުން އެ ވީޑިޔޯ އިން ފެންނަ ގޮތުގައި ސޯމާލިޔާގެ މީހުން ރަށުތެރޭގައި ހިނގަމުންދެއެވެ.

މި މީހުން ރާއްޖެ އައިސްފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

ފުލުހުން ބުނި ގޮތުގައި ސޯމާލިއާއަށް ނިސްބަތްވާ ތިން މީހުންނާއެކު ނ. ވަވަތިއަށް ޑިންގީއެއް ވަނީ ލައްގާފައެވެ.

ނ. ވަވަތިއަކީ ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައި އޮތް ރަށެެއް ކަން ފާހަގަކޮށްލެވެއެވެ.

އެ ތިން މީހުން ވެސް މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެ ދުވަހު ފުލުހުން ހާމަކުރި ނަމަވެސް މިއަދު މީސްމީޑިޔާގައި ދައުރުވެފައިވާ ވީޑިޔޯ އިން އެނގޭގޮތުގައި އެ މީހުން ތިބީ ރަށުތެރެޔަށް ދޫވެފައެވެ.

އެމީހުންގެ ސަބަބުން އާންމު ފަރުދަކަށް ގެއްލުމެއް ލިބިދާނެތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved