
ރާއްޖޭގެ ސެޓަލައިޓް ސްލޮޓް އިންޑިއާއަށް ވިއްކާލަން މި ސަރުކާރުން އުޅެނީތޯ އައްސަވާ އެމްއެންޑީއެފްގެ ރިޓަޔާޑް ކާނަލް އަހުމަދު ފަޔާޒުގެ ސުވާލެއް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނަށް އަމާޒުކުރައްވައިފިއެވެ.
ފަޔާޒުގެ ސުވާލު އަމާޒުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ސެޓެލައިޓު މެދުވެރިކޮށް ބެލެހެއްޓުމަށް މަސައްކަތްކުރަމުންދާ ކަމަށް ދިފާއީ ވަޒީރު ޣައްސާން ވިދާޅުވެފައިވާ ވުމަށް އިޝާރާތްކުރައްވާ ފަޔާޒު ވަނީ، އަނެއްކާ އަނެއްވައްކަން ކުރަން ސަރުކާރުން ތައްޔާރުވަމުން ގެންދަނީ ކަމަށާ މީގެ ކުރިން 35 މިލިއަން ޑޮލަރު ހަރަދުކޮށްފައި 3 ޑްރޯން ގެނެސް ކުލަބޮކި ދިއްލައިގެން ޖަލްސާބާއްވާ، 24 ގަޑިއިރު ރާއްޖެ ބެލެހެއްޓޭނޭ ކަމަށް ވިދާޅުވުމަށް ފަހު ކުރީ ކޮންކަމެއްތޯ އައްސަވާ ސުވާލެއް އަމާޒުކުރައްވާފައެވެ.
މީގެ އިތުރުން މިފަހަރު ރާއްޖޭގެ ސެޓަލައިޓް ސްލޮޓް އިންޑިއާއަށް ވިއްކާލަން ހިންގާ ވައްކަމެއްތޯ ވެސް ފަޔާޒު ވަނީ އައްސަވާފައެވެ.










