April 3, 2026
Advertisement
ޔޫއޭވީ ތައާރަފްކުރުމަށް މާފަރުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޔޫއޭވީ ތައާރަފްކުރުމަށް މާފަރުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ރައީސް އޮފިސް

ސަރުކާރުން މިސައިލް ގަންނަން އުޅޭ އަޑު ގަދަވެފައިވަނިކޮށް ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް ހޯދާ ފައިސާގެ އަދަދު ބޮޑުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Apr 2, 2025, 03:16 AM
މާލެ ސިޓީ

ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، ސުހްލަ ގާއިމްކުރަން ހިންގާ މަޝްރޫއުތަކަށް އިންވެސްޓްމަންޓް ކުރަންޖެހޭ އަދަދު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) މިއަދު ބޮޑުކޮށްފި އެވެ.

Advertisement

ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން، ދައުލަތުގެ އާއްމު މަންފާއަށްޓަކައި ހިންގާނެ މުހިއްމު މަޝްރޫއުތަކާއި އެ މަޝްރޫއުތައް ހަވާލުކުރާ ފަރާތްތަކުން އިންވެސްޓްމެންޓްގެ އަދަދުތައް ކަނޑައެޅުމުގެ ގަރާރެއް ރައީސް ވަނީ ނެރުއްވައިފަ އެވެ.

އެ ގަރާރުގެ ދަށުން، މިނިވަންކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ މަޝްރޫއުތަކަށް އެންމެ ދަށްވެގެން ހޭދަކުރަންޖެހޭނެ މިންވަރަކަށް ކުރިން ރައީސް ކަނޑައަޅުއްވާފައި އޮތީ 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) އެވެ.

ނަމަވެސް ރައީސް ގަރާރަށް ރައީސް މިއަދު ގެންނެވި އިސްލާހަކުން މިހާރު ވަނީ މި އަދަދު 100 މިލިއަން ޑޮލަރަށް އިތުރުކުރައްވައިފަ އެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި މަޝްރޫއުތަކެއް ވަނީ ކުރިއަށް ގެންދަން ނިންމަވާފައިވާއިރު، އެ މަޝްރޫއުތަކުގެ ތަފްސީލްތަކެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކެއް ހިންގަން ބޮޑު އިންވެސްޓްމަންޓެއް ހޯދަން ސަރުކާރުން އިއުލާނުކޮށްފައި މިވަނީ ދިވެހި އަސްކަރިއްޔާއަށް މިސައިލްތަކެއް ގަންނަން އުޅޭކަމުގެ އަޑުތަކެއް ފެތެރިފައިވަނިކޮށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކުގައި ބުނާ ގޮތުން ދިވެހި ސަރުކާރުން ސާފޭސް-ޓު-އެއާ މިސައިލްތަކަކާއި އެ ތަކެތި ހަރުކުރެވޭ ފެންވަރުގެ މަނަވަރެއް ގަންނަނީ ތުރުކީގެ އަސްކަރީ ކުންފުންޏެއް މެދުވެރިކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved