April 3, 2026
Advertisement
ޑްރޯން
ޑްރޯން / ޕީއެސްއެމް

500 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ގެނައި ޑްރޯންތަަކުގެ ބޭނުމެއް ނެތް: ރާއްޖެ ކަނޑުގައި ބޭރުގެ ދެ މަސްބޯޓަކުން ވަގަށް މަސްވެރިކަން ކުރަނީ!

Aishath Naja
އައިޝަތު ނަޖާ
Oct 23, 2024, 04:34 AM
މާލެ ސިޓީ

ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ބޭރުގެ ދެ މަސްބޯޓަކުން ވަގަށް މަސްވެރިކަން ކުރާކަން ހާމަވެއްޖެ އެވެ.

Advertisement

މީސްމީޑިޔާގައި ދައުރުވެފައިވާ ވީޑިޔޯތަކުން އެނގޭ ގޮތުގައި މި ދެ މަސްބޯޓު ދަނީ ރާއްޖޭގެ އިގްތިސާދީ ސަރަަހައްދުން ވަގަށް މަސްވެރިކަން ކުރަމުންނެވެ. އަދި ދެ މަސްބޯޓު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން މަސްވެރިކަން ކުރަމުންދާކަން އެނގި މިދެބޯޓު ހަރަކާތްތެރިވަމުންދާ ސަރަައްދުން މަސްވެރިންވަނީ މި މައުލޫމާތު އެމްއެންޑީއެފްއަށް ހާމަކޮށްފައެވެ. އެހެންނަމަވެސް އެމްއެންޑީއެފްއިން އެއްވެސް ފިޔަވަޅެއް އަދި އަޅާފައި ނުވެއެވެ.

މި ދެ މަސް ބޯޓަކީ އަވައްޓެރި އިންޑިއާއާއި ސްރީލަންކާގެ މަސް ބޯޓުތަކެކެވެ. މީސްމީޑިޔާގައިވާ ގޮތުން މި ދެ މަސް ބޯޓު، މަސްވެރިކަން ކުރަމުން ދަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ހއ. އިންނަފިނޮޅުގެ 25 މޭލު ބޭރުންނެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ 500 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ގަނެފައިވާ ޑްރޯންތަކުގެ ބޭނުންކޮށްގެން 24 ގަޑިއިރު ރާއްޖޭގެ މުޅި އިގްތިސާދީ ސަރަހައްދު ބެލެހެއްޓެމުންދާނެ ކަމަށެވެ. އެހެންކަމުން މީސްމީޑިޔާގައި ރައްޔިތުން އަންނަނީ ތަފާތު ސުވާލުތައް އުފައްދަމުންނެެވެ. އެގޮތުން ޑްރޯންގެ ބޭނުން ކުރާ ނަމަ އެހެން ގައުމެއްގެ މަސް ބޯޓުތަކުން ރާއްޖޭގެ ކަނޑުން މަސްވެރިކަން ކުރާކަން އެނގޭނެކަމަށްވެސް ގިނަ ފަރާތްތަކުން ބުނެއެވެ.

މިކަމުން ވެސް ދޭހަވަނީ ޑްރޯންތައް ބޭނުން ނުކުރާކަމެވެ. މި ވާހަކަ ފެންމަތިވެފައިމިވާ ދަނޑިވަޅުގައި ޑްރޯންތައް ބޭނުންކުރޭތޯ ބަލަން ޑިފެންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން ވެސް ވަނީ ނިންމާފައެވެ.

ދެ މަސް ބޯޓު
ދެ މަސް ބޯޓު
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved