March 21, 2026
Advertisement
20 ވަނަ ރައްޔިތުންގެ މަޖިލިސް
20 ވަނަ ރައްޔިތުންގެ މަޖިލިސް / މަޖިލިސް

މަޖިލީހުގެ ގަވައިދު އަދިވެސް އެކުލަވާނުލެވޭ!

Aishath Naja
އައިޝަތު ނަޖާ
Jun 25, 2024, 09:32 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުން އަމަލުކުރުމަށް އެކުލަވާލާ ގަވާއިދުގެ މަސައްކަތް ކުރުމަށް އާންމު ކޮމިޓީއަށް ދީފައިވާ މުއްދަތު އެ ކޮމިޓީން އެދިގެން އިތުރު އެއް މަސް ދުވަހަށް އިތުރު ކުރުމަށް މިއަދުގެ މަޖިލިސް ޖަލްސާގައި ފާސްކޮށްފި އެވެ.

Advertisement

މިދިޔަ މަހު ހުވާކުރި މަޖިލީހުން އަމަލުކުރަމުންދަނީ އައު ގަވާއިދެއް އެކުލަވާލެވެންދެން 19 ވަނަ ރައްޔިތުންގެ މަޖިލީހުން އަމަލުކުރި ގަވާއިދަށެވެ.

20 ވަނަ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުމަށްފަހު އެ ދުވަހު ކުރިޔަށްދިޔަ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ މަސައްކަތް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް ޓަކައި ކުރީގެ ގަވައިދު މިވަގުތަށް ދަމަހައްޓަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް ފަލާހެވެ.

އެ ދުވަހު ފާސްކުރީ މި މަހުގެ 2 ގެ ކުރިން އާންމު ކޮމިޓީން އެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އެ މަސައްކަތް އަދިވެސް ނިމިފައި ނުވެއެވެ.

އެހެންކަމުން މިއަދު ވަނީ އިތުރު އެއް މަސް ދުވަހަށް އެ މުއްދަތު ދަންމާލާފަ އެވެ.

މިޔާއެކު ގަވާއިދު ދެން ނިންމަން ޖެހޭނީ ޖުލައި 2 ވަނަ ދުވަހަށެވެ.

މިގޮތަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 83 މެމްބަރުންގެ އިއްތިފާގުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved