March 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައީސް ޔާމީން އަދުރޭއަށް: ޞަދަގާތު ފައުންޑޭޝަނުން ކޮރަޕްޝަން ހިންގާފައި އޮތްތޯ ބަލަންވީނުންތޯ، ބާރު އެބައޮތެއްނޫންތޯ؟

Mariyam Isaadha
މަރިޔަމް އިސާދާ
Jun 26, 2024, 12:31 AM
މާލެ ސިޓީ

ޞަދާގާތު ފައުންޑޭޝަންއާ ގުޅުވާ މަޖިލީހުގެ ރައިށްގެ މަގާމުގައި ހުރި އަބްދުއްރަހީމު އަބްދުﷲ ދެއްކި ވާހަކަތަކަށް އެ ފައުންޑޭޝަންގެ ފައުންޑަރ، ކުރީގެ ފަރސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމުގެ ފިރިކަލުން، ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައިފިއެވެ.

Advertisement

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އަދުރޭ ވަނީ ރައީސް ޔާމީނަކީ ކޮރަޕްޝަންގެ ތުހުމަތު ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވާ، އެމަނިކުފާނުގެ އަނބިކަބަލުން ކުރައްވަމުން ގެންދެވި ދަރުމަވެރި މަސައްކަތްކަމަށްވާ ޞަދަގާތު ފައުންޑޭޝަންގެ މަސައްކަތަކަށް ތުހުމަތުގެ އިނގިލި ދިއްކޮށްފައެވެ. އެގޮތުން މިހާރު ޞަދަގާތު ފައުންޑޭޝަންއިން ޚިތާނީ ކޭމްޕްތަކާ ހައްޖަށް މީހުން ފޮނުވުން ފަދަ ކަންކަން ނުކުރަނީ ކީއްވެތީ އަދުރޭ އަހާފައިވެއެވެ.

އަދުރޭގެ ވާހަކަތަކާ ގުޅުވާ ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް ޔާމީން ޖަވާބު ދެއްވީ ސުވާލަކުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ އަދުރޭމެންގެ އަތުގައި އާރާ ބާރު މިހާރު އޮތްއިރު ޟަދާގާތު ފައުންޑޭޝަނަށް ނިސްބަތްކޮށް ތުހުމަތުކުރާ ކޮރަޕްޝަނާ އެމަނިކުފާނަށް ނިސްބަތްކޮށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ނުބަލަނީ ކީއްވެތޯ އައްސަވާފައެވެ.

ފާތިމަތު އިބްރާހިމު އަމިއްލައަށް ކުރެއްވި މަސައްކަތެއް އެއީ، ސަރުކާރުގައި ތިބޭއިރު ކުރާ އެކަހަލަ ކަންތައްތަކަކީ ކޮންމެ ހެން ކުރުން ލާޒިމެއް ފަހުން. އަބްދުއްރަހީމުމެން ބަަލންވީނުން އެއީ މައްސަލައަކަށްވަންޏާ.

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ 2018ގެ ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ގެއްލުނީ އެމަނިކުފާނުގެ މަވެތިކަމުން ކަމަށް އަދުރޭ ބުނި ބުނުމަށް ވެސް ރައްދު ދި އެކަން އޮޅުން ފިލުވާ ދެއްވާފައެވެ.

އެގޮތުން އަދުރޭއާ އޭނާގެ ބައިވެރިން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ބުނެ ހިފައިގެން އައި ކަމަށް ބުނާ ފޯމިއުލާއަކީ އެމަނިކުފާނުގެ އަނބިކަނބަލުން ސިޔާސީ މަސައްކަތްތަކުން އެއް ފަރާތްކޮށް ޕީޕީއެމް ތެރެއިން އެކަން ކުރުން ކަމަށާ ނަމަވެސް އެމަނިކުފާނަށް ފެނިވަޑައިގަންނަވަމުން ދިޔަ މަންޒަރުތަކުން ޕީޕިއެމްގައި އިސްކޮށް ތިއްބެވި ބޭފުޅުންނަށް އެކަން ނުވާނެކަން ފަހުމުވެވަޑައިގެންނެވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved