ފެނަކަ ކޯޕަރޭޝަންއިއިން ދެން ބިލް ފޮނުވާނީ އެސްއެމްއެސްގެ ޒަރިއްޔާއިން ކަމަށް އެ ކޯޕަރޭޝަންއިން ހާމަކޮށްފިއެވެ.
އެކްސްގައި ކުރި ޕޯސްޓެގައި ފެނަކައިން ބުނެފައި ވަނީ ޕްރިންޓް ކުރެވިފައިވާ ބިލު ހަވާލުކުރުމުގެ ބަދަލުގައި, އެ ކަސްޓަމަރަކު ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ފޯނު ނަމްބަރަށް ފެށިގެން އެސްއެމްއެސްގެ ޒަރިއްޔާއިން ބިލު ފޮނުވަމުންދާނެކަމަށެވެ.
ޖަލައި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އެސްއެމްއެސްއިން ބިލު ނުލިބޭ ކަސްޓަމަރުން ނިސްބަތްވާ ފެނަކައިގެ ބްރާންޗަށް ގުޅައިގެން މައުލޫމާތު އަޕްޑޭޓުކުރުމަށް ފެނަކައިން ވަނީ އެދިފައިއެވެ.
ޕްރިންޓް ކުރެވިފައިވާ ބިލް ހަވާލުކުރުމުގެ ބަދަލުގައި, ކޮންމެ ކަސްޓަމަރަކަށްވެސް އެ ކަސްޓަމަރަކު ކުންފުނީގައި ރަޖިސްޓަރ ކުރައްވާފައިވާ ފޯނު ނަމްބަރަށް 25 ޖޫން 2024 އިން ފެށިގެން އެސް.އެމް.އެސް ފޮނުވަމުން ގެންދާގޮތަށް ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ. #TeamFenaka pic.twitter.com/oahyYHBXIL
— Fenaka Corporation Ltd (@TeamFenaka) June 25, 2024
ބިލު ތަކުގެ އިތުރުން "ރެޑް ނޯޓިސް" ވެސް ދެން ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށް ފެނަކައިން ވަނީ ބުނެފައިއެވެ.
ފެނަކައިން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓާއި ރައްޔިތުންނަށް އެންމެ ފައިދާ ކުރަނިވި ގޮތުގައި އެ ކުންފުނީގެ ޚިދުމަތް ދިނުމަށްކަން ފާހަގަކޮށްލެވެއެވެ.