March 11, 2026
Advertisement
ސްޓޭޓް މިނިސްޓަރ ޝަމްނާޒް
ސްޓޭޓް މިނިސްޓަރ ޝަމްނާޒް / ސޯޝަލް މީޑިއާ

ސްޓޭޓް މިނިސްޓަރު ޝަމްނާޒު ހައްޔަރުކޮށްފި

Aishath Alaina
އައިޝަތު އަލައިނާ
Jun 26, 2024, 05:56 PM
މާލެ ސިޓީ

ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީ ސަލީމް ހައްޔަރުކޮށްފިއެވެ.

Advertisement

މިނިސްޓަރު ހައްޔަރުކުރިކަން ފުލުހުން ވަނީ ހާމަކޮށްފައިއެވެ. ނަމަވެސް ހައްޔަރު ކުރި ވަކި ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައިއެއް ނުވެއެވެ.

ޝަމްނާޒުގެ އިތުރުން އެހެން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައިއެވެ. މި ދެމީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އާންމުކޮށްފައިއެއް ނުވެއެވެ.

މިނިސްޓަރު ހައްޔަރު ކުރުމަށް ފަހު އެކަމަނާގެ ގެ ބަލާ ފާސް ކުރުމުން ފުލުހުންނަށް ބައެއް ތަކެތި ފެނިފައި ވާކަންވެސް ވަނީ ހާމަވެފައިއެވެ.

ހައްޔުރުކުރެވުނު މިނިސްޓަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ.

ތޭރަ އޮންލައިނަށް މުއުތަބަރުކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމްނާޒު ހައްޔަރު ކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައެވެ. ފުލުހުން އެގެއިން ގެންދިޔައީ ސިހުރު ހަދަން ގެންގުޅޭ އާލާތްތަކެއް ކަމަށް ވެސް މައުލޫމާތު ލިބިފައެވެ.

ޝަމްނާޒުއާ އިތުރު ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved