March 28, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

އިންޑިއާ އައުޓު ގޮވާފައި ދެން މިދިޔައީ ޖިޒީ ދައްކަން އިންޑިއާއަށް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jun 26, 2024, 08:38 PM
މާލެ ސިޓީ

އިންޑިއާ ކިބައިން ގައުމު ސަލާމަތް ކުރަން ނިކުމެ "އިންޑިއާ އައުޓް" ގޮަވައި، ގައުމުގެ ވެރިކަން ލިބުމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކައިރިއަށް ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ދަ ފްރޮންޓު އޮފީހުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ނުރައްކަލަށް ހުށަހެޅިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ޓީޝާޓު ލައިގެން ނުކުމެ އެންމެ ބާރަށް އިންޑިއާ އައުޓު ގޮވި މީހުންނަށް މިހާރު ވެރިކަމުގެ އާރާ ބާރު ލިބުމުން އިންޑިއާއާ ދެކޮޅަށް ބަހެއް ބުނެ އިންޑިއާ އައުޓު ގޮވާލަން ނުކެރޭ ކަމަށެވެ.

އެގޮތުން ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ވެރިންނަށް އިންޑިއާއާ މެދު ފިޔަވަޅު އަޅަން ނުކެރި ފަހަތު ފަޔަށް ބުރަވެފައިވާ ކަން ފާހަގަކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓު ގޮވި މީހުންނަށް، ވެރިކަމަށް އައުމަށް ފަހު ކުރީގެ ރައީސުލްޖުމްހޫއްރިއްޔާ އިބްރާހިމު މުހައްމަދު ސޯލިހު ގާނޫނާ ޚިލާފަށް ނެރުނު ގަރާރުވެސް ބާޠިލުކުރަން ނުކެރުނު ކަމަށާ އަދި އެމަނިކުފާނުގެ ގެކޮޅުގައި ދަމާފައި ހުއްޓާ ފުލުހުން ގެންދިޔަ އިންޑިއާ އައުޓު ބެނަރތައް ވެސް އަނބުރާ ރައްދު ކޮށްލަންވެސް ނުކެރުނު ކަމަށެވެ.

އެހެންކަމުން ސަރުކާރުންގެ ވެރިން ފިތިފައި ތިބި މިންވަރު ހާމަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަދު އިންޑިއާ އައުޓު ގޮވާލަން ކެރޭ އެންމެ މީހަކުވެސް އެބަހުރިތޯ؟ މޯދީ އަނެއްކާވެސް އައު ދައުރަކަށް ހޮވޭއިރަށް މިދިޔައީ އޭނައަށް ޖިޒީ ދައްކަން. މިއީ އަޅުަގޑުމެން ދިވެހި ރައްޔިތުންނަށް ހަޑި ހުތުރު ކަންކަމޭ. ތިމަންނަ މެންނަށް ނޭނގެއޭ ރާއްޖޭގައި ތިބީ ކިހާ އިންޑިއާ ސިފައިން ކަމަށް ބުނީމަ، ކޮބައިތޯ ޑިފެންސް މިނިސްޓަރު ކޮބައިތޯ ސިފައިންގެ އިސް ވެރިޔާ؟ އެހެންވެގެން އެމްޑީޕީއަށް ވާހަކަ ދައްކަން ޖާގަ ލިބެނީ. އެހެންވެގެން އެމްޑީޕީ ބުނަނީ ކަލޭމެން ރިޔާސީ އިންތިހާބަށް ރައްޔިތުންގެ ސިކުނޑި ކާލަން ދެއްކި ވާހަކައެކޭ. ބައިނަލްއަގްވާމީ ދުނިޔޭގެ ދިވެހިރާއްޖޭގެ އަގު ދެން ކިހާ ވަރަކަށްތޯ ހިފެހެއްޓޭނީ މިކަހަލަ ކަންތައް މިހެން ކުރީމަ؟

ރައީސް ޔާމީން

މިސަރުކާރުން ކުރާ ކަންކަމުގައި ދެފުށް ނުފެންނަކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާ ސަރުކާރާ ދެކޮޅު ނޫން ކަމަށާ ނަމަވެސް ސަރުކާރު ޒިންމާދާރު ކުރަން ޖެހިއްޖެނަމަ އެކަން ކުރައްވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved