March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ވެރިކަމަށް އައީ ހުސްގޮނޑީގެ ޖާދުލާއި މަސްތުގައި ޖެހިގެން: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Jun 27, 2024, 01:45 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އައީ އެމަނިކުފާނަށް ހާއްސަކޮށްގެން ބެހެއްޓި ހުސްގޮނޑި ދައްކައިގެން ކަމަށާއި އެ ހުސްގޮނޑީގެ ސިހުރު އަދިވެސް ވަރަށް ގަދަ ކަމަށް ރައީސް އަބްދުﷲ ޔާމިން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމިން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބް ކާމިޔާބު ކުރެއްވީ ހުސް ގޮނޑި ދައްކައިގެން ނޫންކަމަށް އަދުގެ ސަރުކާރުގެ އިސް ފަޑީގައި ތިއްބަވާ ފަރާތްތަކުން ބުނި ނަމަވެސް ރިޔާސީ އިންތިޚާބް ކާމިޔާބު ކޮށްގެން ވެރިކަމަށް އާދެވުނީ އެމަނިކުފާނުގެ ނަންފުޅު ބޭނުންކުރައްވައިގެން ކަން އެއީ ދޮގު ކުރެވޭނެ ވާހަކައެއް ނޫންކަމަށެވެ.

އަދި އޭގެއިތުރުން މަޖިލިސް އިންތިޚާބް ކާމިޔާބު ކުރި ގޮތް ވަރަށް ވެސް ސާފުކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފާޑުކިޔުންވެސް އަމާޒުކުރައްވާފައެވެ.

އަދިވެސް ގަބޫލުކުރަންޖެހޭ ދެއްތޯ އެއްކަލަ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައީ. ކީއްވެގެންތޯ އެކަން ހަނދާން ނެތިގެން މި އުޅެނީ. ހަމަ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައީ. ހުސް ގޮނޑި ދައްކައިގެން ވެރިކަމަށް އައީ. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ނުލިބުނީ ހުސްގޮނޑިތަކުގެ ވާހަކަދައްކާނެ ކަމެއް ނެތް. އާދެވުނީ ހުސްގޮނޑީގެ ބޭނުމުގައި. އެ ޖާދުލުގައި. އެ މަސްތުގައި އައީ

ރައީސް ޔާމިން ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ޕީއެންސީން މަޖިލިސް އިންތިޚާބް ކާމިޔާބު ކުރުމަށް 160 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved