ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް / ސަން އޮންލައިން
ސިޔާސީ
އެމްޑީޕީގެ އެއްވެސް މިސްރާބެއް ނެތް: ކުރީގެ ރައީސް ޞާލިހް
Aishath Naja
އައިޝަތު ނަޖާ
26 ޖޫން 2024
މާލެ ސިޓީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) އެއްވެސް މިސްރާބެއް ނެތްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީ ގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ކުރިމަގާއި ބެހޭގޮތުން އާންމު މެމްބަރުންނަށް ދެއްވި މެސެޖެއްގައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، ފެންނަނީ ހުންގާނެއް ނެތް އޮޑިއެއް އެއްވެސް މިސްރާބެއް ނެތި ދާ މަންޒަރުކަމަށެވެ.

އެމްޑީޕީގެ އެއްވެސް މިސްރާބެއް ނެތް ކަމަށް ހުދު ކުރީގެ ރައީސް ޞާލިހް ފާހަގަކުރައްވާފައިވާއިރު އެމްޑީޕީ އަށް ވަނީ ދެ އިންތިޚާބެއް ނާކާމިޔާބުވެފައެވެ.

އެ ޕާޓީގެ ޗެއާރ ޕާސަންކަމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓާރ ފައްޔާޒް އިސްމާއިލް ވެސް ވަނީ 2023 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބާ، 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބް އެމްޑީޕީއަށް ނާކާމިޔާބުވީ ކޮން ސަބަބަކާހުރެތޯ ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އަދި ދާދި ފަހުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އެމްޑީޕީ މިހާރު ރާއްޖޭގައި ނެތްކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީ އަކީ ފެއިލް ވެފައިވާ "ފޯސް" އެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved