March 11, 2026
Advertisement
އިސްލާމިކް މިނިސްޓަރު ޒުވާން ހަތީބަކާއެކު
އިސްލާމިކް މިނިސްޓަރު ޒުވާން ހަތީބަކާއެކު / އިސްލާމިކް މިނިސްޓްރީ

ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބެޗުގެ އެޕްލިކޭޝަނަށް ހުޅުވާލައިފި

Aishath Naja
އައިޝަތު ނަޖާ
Jun 27, 2024, 02:25 AM

ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބެޗުގެ އެޕްލިކޭޝަނަށް ހުޅުވާލައިފި އެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ދެވަނަ ބެޗް 3 ސަރަހައްދެއްގައި ބާއްވާނެއެވެ.

މިފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނު މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި މީމު އަތޮޅުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމު ކުރެވިފައިވާ ޕްރޮގްރާމްއެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ފުރަތަމަ ބެޗުގައި 100 އަށްވުރެ ގިނަ ކުދިން ވަނީ ސަނަދު ހާސިލްކޮށްފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެ ނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތަކެއް ދެވިގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved