

ހައްޖުން އައި މީހުންނަށް ހާއްސަކޮށް ފްލޫ ކްލިނިކެއް ގާއިމުކޮށްފިއެވެ.
އައިޖީއެމްއެޗްއިން އާނމު ކުރި ޕޯސްޓުގައި ބުނެފައިވާގޮތުގައި މި ކްލިނިކް ގާއިމު ކުރެވިފައި ވަނީ އެ ހޮސްޕިޓަލުގައިއެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ހާއްސަކޮށް ފުލޫ ކްލިނިކެއް ހުޅުވުން. pic.twitter.com/23QC0BTkCh
— IGMH (@igmhmv) June 26, 2024
މި ކްލިނިކް ގާއިމުކުރެވިފައި ވަނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް 10ގައި އެވެ.
އައިޖީއެމްއެޗްއިން ބުނެފައި ވަނީ ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00 އިން ރޭގަނޑު 20:00 އަށެވެ.
އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 3335335 އަށް ގުޅުމަށްވެސް ހޮސްޕިޓަލުން ވަނީ އެދިފައިއެވެ.