މެނިންގޯކޮކަލްގެ ވެކްސިން ޖަހަން ޖެހޭ ފަރާތްތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިން ކޮންމެހެން ޖަހަން ޖެހޭ ފަރާތްތައް އާންމުކޮށްފައިއެވެ.
🔸Invasive Meningococcal Disease.
— Ministry of Health (@MoHmv) June 27, 2024
Who should get vaccinated? #Invasivemeningococcaldisease @HPA_MV pic.twitter.com/DgMebJyOg6
ޕޯސްޓުގައި ބުނެފައި ވަނީ، މިވަގުތު ރާއްޖޭގައި އިންވޭސިވް މެނިންގޯކޯޓަލް ޑިޒީޒް ފެތުރޭކަން އެނގިފައި ނުވާ ކަމަށެވެ. އެހެންކަމުން އާންމު އާބާދީއަށް ނުވަތަ އާންމުކޮށް ސިއްހީ ހިދުމަތްތެރިންނަށް މިހާރު ރޫޓިން މެނިންޖޯކޮކަލް ވެކްސިން ދިނުމަކީ ލަފާ ކުރެވޭ ކަމެއް ނޫން ކަމެއް ކަމަށްވެސް އެ އޭޖެންސީއިން ވަނީ ބުނެފައިއެވެ.
ނަމަވެސް ވަކި ހައި ރިސްކް ގްރޫޕްތަކަށް ވެކްސިން ދިނުމަށް އެޗްޕީއޭއިން ވަނީ ލަފާ ދީފައިއެވެ.
އެގޮތުން، ދަތުރުވެރިންގެ ތެރޭގައި އުމްރާ އާއި ހައްޖަށް ދަތުރުކުރާ މީހުން ވެސް ހިމެނެ އެވެ. އަދި މެނިންޖޯކޮކަލް ބަލީގެ ނިސްބަތް މަތި ގައުމުތަކަށް ދަތުރުކުރި މީހުންވެސް މި ލިސްޓުގައި ހިމެނެއެވެ. ސިއްހީ ހާލަތް އާންމުގޮތެއްގައި ވެސް ގޯސްކޮށް ފަރުދުން ނުވަތަ ކޯރިން ޑިޒީސްއެއް ހުންނަ ފަރުދުން ހިމެނެއެވެ.
މެނިންގޯކޮކަލް އަކީ ނިޝީރިއާ މެނިންޖިޓައިޑިސް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. އެ ޖަރާސީމުން ދެ ވައްތަރެއްގެ ބައްޔެއް ޖެހެ އެވެ. އެއީ ލޭގެ އިންފެކްޝަން (ސެޕްސިސް) އަދި މެނިންޖައިޓިސް (ސިކުނޑީގެ ވަށައިގެންވާ ފަށަލައިގެ އިންފެކްޝަން) އެވެ.
އެއީ ނުރައްކާތެރި ދެ ބައްޔަކަށް ވިއަސް، ވެކްސިން ޖަހައިގެން އެކަމުން ރައްކާތެރިވެވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ވެކްސިން ޖެހި ނަމަވެސް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.