March 11, 2026
Advertisement
އިސްލާމް ދީނަކީ މެދުމިނުގެ ދީނެއް
އިސްލާމް ދީނަކީ މެދުމިނުގެ ދީނެއް / ސޯޝަލް މީޑިއާ

ދީނުގައި ހަރުކަށިވުމަކީ ރަސޫލާ ﷺ އުއްމަތަށް މަނާކުރައްވާފައިވާ ކަމެއް: ހުކުރު ޚުތުބާ

Aminath Zara
އައިމިނަތު ޒާރާ
Jun 28, 2024, 07:24 PM
މާލެ ސިޓީ

އިސްލާމް ދީނަކީ މެދު މިނުގެ ދީނެއް ކަމަށާއި އެންމެ އަދުލުވެރި އަދި އެންމެ ފުރިހަމަ ދީނަކީ އިސްލާމް ދީން ކަމަށް މިއަދުގެ ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ދީނުގެ މެދު މިން ދޫކޮށް ދީނީ ގޮތުން ހައްދުފަހަނައަޅާ ދިޔުން މި ކުޑަ މުޖުތަމައު ތެރޭގައި ފެތުރެން ފަށައިފި ކަމަށްވެސް ބުނެފައިވެއެވެ. އަދި މިފަދައިން ދީނުގެ ހަމަތައް ހަރުކަށިކޮށް ހައްދުފަހަނައަޅައި ދިޔުމަކީ ރަސޫލާ ﷺ މި އުއްމަތަށް މަނާކޮށް އޭގެ ސަބަބުން ހަލާކުވެގެންދާނެ ކަމެއް ކަމަށް އިންޒާރު ދެއްވާފައިވާ ކަމެއްގެ ގޮތުގައި ގޮވާލައްވާފައިވެއެވެ.

Advertisement

ދީނުގައި ހަރުކަށި ވުމަކީ ދީނުގައި ކަނޑައަޅާފައިވާ އިންތައް ފަހަނައަޅައި ދިޔުން ކަމަށާއި ދީނުގައި ބަޔާންވެގެންވާ ގޮތަށް ނަމާދުކުރުމަށާއި، ރިބާ ނުކެއުމަށާއި މަސްތުވާތަކެތި ބޭނުން ނުކުރުމަށް ގޮވާލުމަކީ ހަރުކަށި ވިސްނުން ނޫންކަމަށްވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، މުސްލިމުންގެ ތެރޭގައި މިހާރު އެންމެ ނުރައްކާތެރިކޮށް ފެތުރެމުންދާ އެއް ފިކުރަކީ ކަލަކު ނުވާ ކަމަށް ގަބޫލުކުރުން ކަމަށް ވަނީ ބުނެފައެވެ. މިއީ ބިރުވެރި އަދި މުސްލިމުންނާއި އޮންނަ ޝަރުއީ ގުޅުން ކެނޑިގެންދާ ވަރުގެ ނުރައްކާތެރިކަމެއް ކަމަށް ހުކުރު ޚުތުބާގައި ވަނީ ގޮވާލާފައެވެ.

މިއަދުގެ ގިނަ ޒުވާނުން ދީނާއި ދުރުވަނީ ސައްހަ މައުލޫމާތު ނުލިބުމުގެ ސަބަބުންނާއި އިންޓަނެޓްގެ ޒަރީއާއިން މިފަދަ ނުރަނގަޅު އާދަތަކާއި މައުލޫމާތުތަކަށް ލެބެމުން ދިޔުމުގެ ސަބަބުން ކަމަށް ހާމަކޮށްފައިވެއެވެ. އެހެންކަމުން ދީނަަށް އަދުގެ ޒުވާނުން ހޭލުންތެރިކޮށް އިސްލާމްދީން ނެގެހެއްޓުމަށާއި ދީނީ އިލްމުވެރިންނަށް ހަޖޫ ޖަހާ ފުރައްސާރަކުރުން ހުއްޓާލުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved