ވެރިކަމަށް އަެއުމަށްފަހު ދިމާވާ ކަންކަމުގައި "ކުރީ ސަރުކާރޭ" ނުކިޔާނެ ކަމަށް ވިދާޅުވުމަށްފަހު، މިހާރު ގެންދަވަނީ ހުރިހާ ކަމެއްގައި ވެސް "ކުރީ ސަރުކާރޭ" ކިޔަމުން ކަން ހާމަވެއްޖެއެވެ.
ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ވ.ފެލިދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ "ރައީސް އިބްރާހިމް މުހައްމަދު ޞާލިހް" ކަން ކަން ކުރުމުގައި ފެއިލް ވުމުން ކުރީ ސަރުކާރުގެ ވާހަކަތައް ދައްކަވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެހެންކަމުން އެމަނިކުފާނަށް ވެރިކަން ލިބުމުން އެ ފަދައިން އަބަދު "ކުރީ ސަރުކާރޭ" ނުކިޔާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑުމެން ކޮންމެ ރައްޔިތަކަށް ހިދުމަތް ދިނުމުގައި ތަފާތު ކުރުމެއް ނެތި އެއީ ކުރީ ސަރުކާރު ކިޔާފައި ދުލެއް ނުކުރާނަން. މި ސަރުކާރު ކިބައިން މުޅިންވެސް ފެނުނީ ފަސް އަހަރު ނިމިގެންދާއިރުވެސް ކުރީ ސަރުކާރުގެ ވާހަކަ ދެއްކިތަން. އަޅުގަނޑުމެންނަކީ އެގޮތައް ކިޔާ އަޅުގަނޑުމެންގެ ޒިންމާއިން ރެކޭނެ ބަޔެއް ނޫން.
އޭރު މި މޭރަމުން ވާހަކަދެއްކެވި ނަމަވެސް މިހާރު ފެނިގެންދަނީ އެމަނިކުފާނު އަދި ސަރުކާރުގެ އިސް އޮފިޝަލުން ވެސް ހުރިހާ ކަމެއް "ކުރީ ސަރުކާރުގެ" ބޮލަށް ޖަހާ މަންޒަރެވެ.
އެގޮތުން މަސްވެރިންނަށް ފައިސާ ނުދެވި ލަސްވަނީ ވެސް ކުރީ ސަރުކާރުގެ ސަބަބުން ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް މީސްމީޑިޔާގައި ފާޑުކިޔުން އަމާޒުކުރަމުންނެވެ.
Saabahey Saabahey @MMuizzu huku bulhiey kalhelemaha beynas qwmeke higuvannan nurgennei @Dhonkolhu kerahathe vahlheke dhyhen pic.twitter.com/HO6Mn7qILF
— Mohamed Hassan (@mKeyolhu) June 28, 2024