March 19, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަ ދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

މާތް ﷲ ގަންދީ ހުވާކޮށްގެން އައިސް ތިބެ ދަނީ ރައްޔިތުންގެ ކުރިމަތީގައި ފަލީހަތްވަމުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jun 29, 2024, 06:44 PM
މާލެ ސިޓީ

މާތް ﷲ ގަންދީ ހުވާކޮށްގެން އައިސް ތިބެ މަސްއޫލިއްޔާ ޒިންމާތައް އުފުލިދާނެއޭ ކިޔާ މުޅި ރައްޔިތުންގެ ކުރިމަތީގައި ފަލީހަތްވަނީ ކީއްކުރަންތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ވެރިންނަށް ސުވާލެއް އަމާޒުކުރައްވައިފިއެވެ.

Advertisement

ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އިންސާފުގެ ދާއިރާގައި ސަރުކާރުން ގެންގުޅޭ ސެލެކްޓިވެ ޖަސްޓިސްތަކެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އަދުގެ ސަރުކާރުގެ ވެރިންގެ ގޮތް އެންމެ ރަގަޅަށް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށާ އެގޮތުން އިންޑިއާ އައުޓު ގަރާރުތައް ފަދަ ކަންކަމާ މެދު ސަރުކާރުން ގެންގުޅޭ އުސޫލަށް ރައީސް ޔާމީން ފާޑުވިދާޅުވިއެވެ.

މާތް ﷲ ގަންދީ ހުވާކޮށްގެން އައިސް ތިބެ މަސްއޫލިއްޔާ ޒިންމާތައް އުފުލިދާނެއޭ ކިޔާ މުޅި ރައްޔިތުންގެ ކުރިމަތީގައި ފަލީހަތްވަނީ ކީއްކުރަންތޯ؟ ދިވެހި ލޭ ހިނގާ މަންމައަކާ ބައްޕައެއްގެ ދަރިންތަކެއް މިހާވަރަށް އިންޑިއާއަށް އަޅުވެތިވެ ނާށިގަނޑު ހިފައިގެން މިހެން އުޅެން ޖެހޭނެކަމަށް ޒަމީރު ގަބޫލެއް ނުކުރޭ.

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ އާރާ ބާރު އޮތީ ލިބުމުން ކުރިން ސަރުކާރުގެ ވެރިން ބުނި ފަދައިން ކޮރަޕްޝަންގެ މައްސަލަތއް ނުބަލާތީވެސް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved