March 19, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

މިއީ ސިޔާދަތީ ފުރިހަމަ ބާރު އޮތް ދައުލަތަށް ނުވާ ދައުލަތެއް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 1, 2024, 12:38 AM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ސިޔާދަތީ ބާރު ފުރިހަމނުވެ އޮތް ސަރުކާރެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުން އިންޑިއާ އައުޓު ވަމުން ވެރިކަމަށް އައިސް އިންޑިއާ ކައިރިއަށް ސަލާމުގެ ނާށިގަނޑު ހިފައިގެން ދިއުމަކީ ދިވެހިން ލަދު ގަންނުވާލުން ކަމަށާ ރާއްޖޭގެ އަގު ބައިނަލްއަގްވާމީ މަސްރަހުގައި ވައްޓާލުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް އިންތިހާބުގެ ކުރިން ބުނަމުން އައިސް އިންތިހާބަށް ފަހު އިންޑިއާއަށް ގޮސް އިންޑިއާ ޓީވީއަކަށް އިންޓަރވިއު ދެމުން ރާއްޖޭގައި އިންޑިއާ ސިފައިންތިބިކަން ވެސް އެނގޭ ކަމަށް ނުހެދިކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެފަދަ ކަންކަން އެހެން ކުރުމުން މި ގައުމުގެ މިނިވަންކަމާ ސިޔާދަތާ މެދު ވެސް ސުވާލު އުފެދޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިއީ ސިޔާދަތީ ފުރިހަމަ ބާރު އޮތް ދައުލަތަށް ނުވާ ދައުލަތެއް. އިންޑިއާ ސިފައިން ތިބި އަދަދު ވެރިންނަށް ނޭނގޭ، އެގްރިމަންޓުތައް އަދިވެސް ކުރަނީ ސިއްރު.

ރައީސް ޔާމީން

އަދުގެ ސަރުކާރުގެ ވެރިންގެ ގޮތް އެންމެ ރަގަޅަށް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށާ އެގޮތުން އިންޑިއާ އައުޓު ގަރާރުތައް ފަދަ ކަންކަމާ މެދު ސަރުކާރުން ގެންގުޅޭ އުސޫލަށް ރައީސް ޔާމީން ފާޑުވިދާޅުވިއެވެ.

ކޮމެންޓު
ކޮމެންޓްތައު
ރިޔާޒު
Jul 2, 2024, 02:56 PM
ގައުމާއި ރައްޔިތުންނަށް ހެޔޮ އެދޭ ނަމަ ހުރިހާ ލީޑަރުން އެއްބައިވެ މަޝްވަރާކޮށްގެން ގައުމު ސަލާމަތް ކޮށްބަލަ ފާޑުކިޔަސް ކުރާނެ ފައިދާއެއް ނެތް މިދަނޑިވަޅުގާ ގައުމު ސަލާމަތް ކުރަން މަސައްކަތް ކުރަންވީ.
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved