April 16, 2026
Advertisement
ޚާން ޔޫނިސް ބޮމުގެ ހަމަލާއަށްފަހު
ޚާން ޔޫނިސް ބޮމުގެ ހަމަލާއަށްފަހު / ސޯޝަލް މީޑިއާ

ޚާން ޔޫނިސްއަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރަމުންދާކަން ހާމަވެއްޖެ

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 22, 2024, 11:25 PM

ނިރުބަވެރި ޔަހޫދީން ޚާން ޔޫނިސްއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރަމުންދާކަން ހާމަވެއްޖެއެވެ.

އިސްރާއިލުގެ އަސްކަރިއްޔާއިން ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

Advertisement


އެގޮތުން އިސްރާއީލުގެ ޑިފެންސްގެ ޗީފް، ޔޮވް ގަލަންޓް ބުނެފައިވަނީ ޣައްޒާގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާއިރު، އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ދާނީ ޚާން ޔޫނިސްގައި ކަމަށެވެ. އަދި އެމީހުން އެއްގަމު މަގުން ދެމުން އަންނަ ހަމަލާތައް ވެސް އިތުރު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވަނީ އެމީހުން ދެމުން އަންނަ ހަމަލާތަކާއި އެކީ ޣައްޒާގެ އުޑުމަތިން މުޅިން ވެސް ފެނިގެންދާނީ ދުންގަނޑެއް ކަމަށާއި އެ ދުންގަނޑުގެ އަސަރު ޣައްޒާއިން ކެނޑިގެން ނުދާނެ ކަމަށެވެ.

އިތުރަށް އޭނާ ބުނެފަިއވަނީ އެކަން ހުއްޓޭނީ އެމީހުން ބޭނުންވާކަން ހާސިލު ކުރެވުމުން ކަމަށެވެ.

ނިރުބަވެރި އިސްރާއީލުން ވަނީ ހަމާސްގެ މުޖާހިދުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން ވަރުގަދަ ބަދަލު ހިފުމެއް ހިފައި ހަމާސް ނައްތާލާނެ ކަމަށް ވައުދުވެފައެވެ.

މި ހަމަލާތަކުގައި މިހާތަނަށް 25،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފައެވެ. އޭގެ ތެރެއިން ވެސް ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved