April 16, 2026
Advertisement
ޚާން ޔޫނިސް
ޚާން ޔޫނިސް / ގެޓީ އިމޭޖަސް

ޚާން ޔޫނިސްއަށް ހަމަލާދީ 7 ކުޑަކުދިންނާއެކު އެއް އާއިލާއެއްގެ 10 މީހުން ޝަހީދު

Hussain Nawaf
ހުސައިން ނަވާފް
Apr 11, 2025, 09:15 PM

ޚާން ޔޫނިސްއަށް ހަމަލާދީ 7 ކުޑަކުދިންނާއެކު އެއް އާއިލާއެއްގެ 10 މެންބަރުން ޝަހީދުކޮށްލައިފި އެވެ.

Advertisement

ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ ފަތިހުގެ ކުރިން ސަހްޔޫނީން ދިން ވައިގެ ހަމަލާއެއްގައި ދެކުނުގެ ޚާން ޔުނިސް ސިޓީގައި ހަތް ކުޑަކުދިންނާއެކު އެއް އާއިލާއެއްގެ 10 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

އެގޮތުން ޚާން ޔުނިސްގެ މެދުތެރޭގައި ހުންނަ އަލްފަރާ އާއިލާގެ ގެއަށް އަމާޒުކޮށް ސަހްޔޫނީން ދިން ވައިގެ ހަމަލާއާ ގުޅިގެން ޝަހީދުންގެ ގޮތުގައި ހަތް ކުޑަކުދިންނާއެކު 10 މީހަކު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

މީގެ އިތުރުން ޣައްޒާގެ އުތުރުގައި އޮންނަ އަލް އަތާތުރާ އަވަށުގެ ބެއިތު ލަހިޔާގައި ފަލަސްތީނުގެ ބަޔަކަށް އިސަހްޔޫނީން ވަނީ ހަމަލާދީފައެވެ. އަލްޖަޒީރާ އަރަބިކްގައި ރިޕޯޓްކޮށްފައިވާ ގޮތުން ދެ މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވެއެވެ.

އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން ފަލަސްތީނުގެ 29 މީހުން ޝަހީދުވެފައިވާއިރު، އެ ސަރަހައްދުގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީގައި 13 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved