April 16, 2026
Advertisement
ޚާން ޔޫނިސްއަށް ދިން ހަމަލާގައި ޝަހީދުވި މީހެއް ގެންދަނީ
ޚާން ޔޫނިސްއަށް ދިން ހަމަލާގައި ޝަހީދުވި މީހެއް ގެންދަނީ / އަނަޑޮލު އަޖަންސި

ޚާން ޔޫނިސްގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އަމާޒުކޮށްގެން ދިން ހަމަލާއެއްގައި 2 މީހަކު ޝަހީދު

Hussain Nawaf
ހުސައިން ނަވާފް
May 14, 2025, 02:28 AM

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އަމާޒުކޮށްގެން ދިން ހަމަލާއެއްގައި 2 މީހަކު ޝަހީދު ވި އިރު އޭގެން އެކަކީ ނޫސްވެރިއެއްކަން ހާމަވެއްޖެއެވެ.

Advertisement

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން އަންގާރަ ދުވަހު ކަށަވަރުކޮށްދީފައި ވަނީ އެ ހޮސްޕިޓަލުގެ ކައިރީގައި ހުރި މީޑިއާ ޓެންޓަކަށް އޭޕްރީލް ހަތް ވަނަ ދުވަހު ސަހްޔޫނީން ދިން ހަމަލާއެއްގައި ލިބުނު ބޮޑެތި އަނިޔާތަކަށް ހޮސްޕިޓަލުގެ ބަރން ޔުނިޓުގައި ފަރުވާ ހޯދަމުން ދިޔަ ނޫސްވެރިޔާ އެސްލައިހު ޝަހީދުވިކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އަބޫ ޣާލީގެ ނަމުން ނަން ދީފައިވާ ހޮސްޕިޓަލުގެ މަސައްކަތްތެރިއަކު ބުނީ ސަހްޔޫނީން ބޮން ގޮއްވާލުމުގައި އާންމުންނާއި އަސްކަރީ މަރުކަޒުތަކަށް ދޭ ހަމަލާތަކުގައި ތަފާތެއް ނެތް ކަމަށެވެ.

އެސްލައިހަކީ އަލަމް24 ނިއުސް އެޖެންސީގެ ޑިރެކްޓަރުގެ އިތުރުން ބައިނަލްއަގްވާމީ ނިއުސް ޖަމިއްޔާތަކަށް ކޮންޓްރިބިއުޓް ކުރި ފްރީލާންސަރެކެވެ.

ސަހްޔޫނީން ވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހު ދިން ހަމަލާގައި ޝަހީދުވި އެސްލައިހު އަކީ ހަމާސްގެ ހަނގުރާމަވެރިއެއް ކަމަށް ސަހްޔޫނީން ބުނެފައިވާއިރު، އެ ތުހުމަތު އޭނާ ވަނީ ދޮގުކޮށްފައެވެ.

ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނާއި އިސްރާއީލާއި ލުބުނާނުގައި މަދުވެގެން 178 ނޫސްވެރިންނާއި މީޑިއާ މަސައްކަތްތެރިން ޝަހީދުވެފައިވާކަމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved