ޚާން ޔޫނިސް / ގެޓީ އިމޭޖަސް
ދުނިޔެ
ސަހްޔޫނީން ދިން ހަމަލާއެއްގައި 25 މީހުން ޝަހީދުވެއްޖެ
Hussain Nawaf
ހުސައިން ނަވާފް
17 އޭޕްރީލު 2025

ގެދޮރު ގެއްލިފައިވާ މީހުންގެ ޓެންޓުތަކަށް ސަހްޔޫނީން ދިން ހަމަލާއެއްގައި 25 މީހުން ޝަހީދުވިކަމަށް މަސްދަރުތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.



ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ސަހްޔޫނީން ދިން ވައިގެ ހަމަލާތަކުގައި އެ ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އެތައް ބަޔަކު ވަގުތީ ބޯހިޔާވަހިކަން ހޯދަމުން ދިޔަ މީހުންގެ ތެރެއިން، ޖުމްލަ 25 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

އެ އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވީ ދެކުނުގެ ޚާން ޔުނިސްގެ އަލްމަވާސީ ސަރަހައްދުގެ ބައެއް ޓެންޓުތަކަށް ރޭގަނޑު ދިން ހަމަލާގައި 16 މީހުން ޝަހީދުވި ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 23 މީހުން މި ހަމަލާގައި ޒަހަމްވެފައިވެއެވެ.

ޣައްޒާގެ މަދަނީ ދިފާއީ އިދާރާގެ ތަރުޖަމާނު މުހައްމަދު ބަސަލް ވިދާޅުވި ގޮތުގައި ގެދޮރު ގެއްލިފައިވާ މީހުންގެ އެހެނިހެން ކޭމްޕްތަކަށް އިތުރު ދެ ހަމަލާއެއް ދީ، އަށް މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވި އެވެ.

އުތުރުގެ އަވަށެއް ކަމަށްވާ ބެއިތް ލަހިއާގެ ޓެންޓުތަކަށް ދިން ހަމަލާއެއްގައި ހަތް މީހުން މަރުވެފައިވާ އިރު، އަލްމަވާސީ ސަރަހައްދު ކައިރީގައި ދިން އިތުރު ހަމަލާއެއްގައި ޓެންޓެއްގައި ދިރިއުޅެމުން ދިޔަ ބައްޕައަކާއި އޭނާގެ ދަރިފުޅު ޝަހީދުވެފައިވާ ކަމަށް ބަސަލް ވިދާޅުވި އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved