March 20, 2026
Advertisement
މެމްބަރު ޒިޔާދު
މެމްބަރު ޒިޔާދު / މަޖިލިސް

މިހާތަނަށް ފެނުނީ ތުރުކީ ފުށް އެކަނި، ސަރުކާރުގެ އެތެރެފުށެއް ނުފެނޭ: ޒިޔާދު

Aishath Naja
އައިޝަތު ނަޖާ
Jul 1, 2024, 07:45 PM
މާލެ ސިޓީ

ރައީސް މުއިއްޒު ވެރިކަމަށް އައި ފަހުން މިހާތަނަށް ފެނުނީ ހަމައެކަނި ތުރުކީ ފުށް ކަމަށާއި، ސަރުކާރުގެ އެތެރެފުށް ނުފެންނަ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރަށްވަމުންނެވެ.

އެގޮތުން ޒިޔާދު ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައީ ކަންކަން ހާމަކުރާނެކަމުގެ ވައުދާއެކު ކަމަށެވެ. ނަމަވެސް ސަރުކާރުން ފެންނަމުންދަނީ އެއާ ދިމާއިދިކޮޅު މަންޒަރުކަމަށެވެ.

ޒިޔާދު ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ ސައްޙަ އަދަދުވެސް މިއަދާ ހަމައަށް ނޭނގޭ ކަމަށާއި އިޤްތިސާދީ ގޮތުން އިސްރާފު ބޮޑު ޚަރަދުތަކެއް މިސަރުކާރުން ކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު ސަރުކާރުގެ އެތެރެފުށް ނުފެންނަ ކަމަށާއި ސަރުކާރުން ދަނީ އާންމު ރައްޔިތުންގެ ތަކުލީފުތައް އިތުރު ކުރަމުންކަމަށް ވިދާޅުވެ ޒިޔާދު ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.

ރާއްޖޭގެ އިގްތިޞާދީ ހާލަތު އަނދަވަޅަކަށް ވެއްޓުނު އިރުވެސް ސަރުކާރަށް ނޭނގުނު ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved