May 5, 2026
Advertisement
ހެލްތް މިނިސްޓްރީ
ހެލްތް މިނިސްޓްރީ / ސޯޝަލް މީޑިއާ

ގްރޭޓަރ މާލެ ސަރަހައްދުގައި 03 ފްލޫކްލިނިކް އެއް ހުޅުވައިފި

Aminath Zara
އައިމިނަތު ޒާރާ
Jul 1, 2024, 08:19 PM
މާލެ ސިޓީ

ވައިރަލް ހުމާއި ރޯގާ އިތުުރުވެ، ފެތުރެމުންދިޔުމުގެ ސަބަބުން ހެލްތް މިނިސްޓްރީން މާލޭ ސަރަހައްދުގެ ތިން ތަނެއްގައި ފްލޫ ކްލިނިިކްތަކެއް ހުޅުވައިފި އެވެ.

Advertisement

ހެލްތު މިނިސްޓްރީން ބުނީ ފްލޫ ކްލިނިކްތައް ގާއިމުކުރީ ހައްޖުވެރިން އަނބުރާ ރާއްޖެ އައުމާ ގުޅިގެން އެމީހުންނަށް ހާއްސަކޮށް އަދި މި ދުވަސްވަރު ވައިރަލް ރޯގާ ފެތުރެމުން ދިޔުމުގެ ސަބަބުން އާންމު ސިއްހަތުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމުގެ ގޮތުން ކަމަށެވެ.

މި ފްލޫ ކްލިނިކްތައް ގާއިމުކޮށްފައިވަނީ އައިޖީއެމްއެޗްގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގައެވެ.

މިނިސްޓްރީން ބުނީ މި ފްލޫ ކްލިނިކްތަކަކީ ހުމާއި ކެއްސުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކަށް ހާއްސަ ކްލިނިކް ތަކެއް ކަމަށެވެ. އަދި މިއީ އާންމުންގެ ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved