March 20, 2026
Advertisement
ވާނުވާ ބަންދު އުވާލުމަށް ގޮވާލާ ކުރިޔަށް ގެންދިޔަ އިހުތިޖާޖްގެ ތެރެއިން
ވާނުވާ ބަންދު އުވާލުމަށް ގޮވާލާ ކުރިޔަށް ގެންދިޔަ އިހުތިޖާޖްގެ ތެރެއިން / ތޭރަ އޮންލައިން

"ވާނުވާ ބަންދު" ނިމުމަކަށް ގެނައުމަށް ޓްރާންސްޕޭރަންސީ އިން ގޮވާލައިފި

Aishath Naja
އައިޝަތު ނަޖާ
Jul 1, 2024, 09:21 PM
ކ. މާފުށި

"ވާނުވާ ބަންދު" ގައި ޖަލުތަކުގައި މީހުން ބޭތިއްބުމުގެ އުސޫލު ނިމުމަކަށް ގެނެސް،އަދި ޖަލުގައި ދާދި ފަހުން ނިޔާވި މުހައްމަދު ޖަމީލުގެ މައްސަލައިގެ ތަހުގީގު އަވަސްކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.

Advertisement

ޓްރާންސްޕޭރެންސީން މިފަދައިން ގޮވާލާފައިވަނީ އެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ކ. މާފުށި ޖަލުގައި ބަންދުކޮށްފައި ހުރި ޖަމީލްގެ މަރާ ގުޅިގެން ކަންބޮޑުވާ ކަމަށާއި އާއިލާއަށާއި ރަހުމަތްތެރިންނަށް ތައުޒިޔާ ކިޔާ ކަމަށެވެ.

ރާއްޖޭގެެ ޖަލުތަކުގައި ހުރި ނިޒާމީ ގޮތުން ފުރިހިމަ ނުވާ ކަންތައްތަކާއި އުނި ކަންތައްތައް ދެނެގަނެެ އެފަދަ މައްސަލަތައް ހައްލު ކުރުމަށް ދެމެހެއްޓެނެވި އިސްލާހީ ބަދަލުތައް ގެނެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ވަކިން ހާއްސަކޮށް އެންމެ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ލިބެންޖެހޭ ރައްކާތެރިކަމާއި އެފަރާތްތަކުގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުކުރުމަށާއި ކަށަވަރުކުރެވޭ ފަދަ ގޮތަކަށް އިސްލާހުތައް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ޓްރާންސްޕޭރެންސީން އިތުރަށް ބުނީ ޖަމީލަކީ ނަފްސާނީ އެހީތެރިކަމާއި ފަރުވާ ބޭނުންވާ ފަރާތެއްކަން ދެނެގަނެވިފައިވާއިރު އޭނާއަށް އެންމެ ބޮޑަށް ބޭނުންވާ ނަފްސާނީ ސިއްހީ ފަރުވާ ދިނުމުގެ ބަދަލުގައި ޖަލުގައި ހައްޔަރުކުރެވި ބެހެއްޓިފައިވާކަން އެ ޖަމިއްޔާ އިން ވަނީ ކުށްވެެރިކޮށްފައެވެ.

ޓްރާންސްޕޭރެންސީން ބުނީ ވަކި މުއްދަތެއް ނޭންގޭގޮތަށް ވާނުވާ ބަންދުގައި މީހުން ބެހެއްޓުމަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ މުހިންމު އުސޫލުތަކާއި ހިލާފު އަދި ބަންދުގައި ތިބޭ ފަރާތްތަކުގެ އަސާސީ އިންސާނީ ހައްގުތަކުން މަހުރޫމްވެގެންދާ ކަމެއް ކަމަށެވެ.

ވާނުވާ ބަންދު އުވާލުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެހެންނަމަވެސް ފެނިގެންދަނީ ވާނުވާ ބަންދު އުވާލަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ މަންޒަރެވެ.

މިކަމާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖްވެސް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved