March 19, 2026
Advertisement
އަދުރޭ އަދި ފައިސަލް އިބްރާހީމް
އަދުރޭ އަދި ފައިސަލް އިބްރާހީމް / ސޯޝަލް މީޑިއާ

މަޖިލިސް ރައީސްކަމަށް އަދުރޭ އައުމުން އިނގިރޭސި ބަސް ބިލުތަކުގައި ހިމެނުން މުހިއްމުނުވި: ޖަމީލް

Aminath Zara
އައިމިނަތު ޒާރާ
Jul 2, 2024, 02:03 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތާވަލްކޮށްފައިވާ  ފިސްކަލް ޒިންމާގެ ބިލް ނުވަތަ ސަރުކާރުގެ އާމްދަނީ އާއި ހަރަދުކުރުމުގެ ސިޔާސަތުގެ ބިލަށް ހުށަހަޅަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް  ފިސްކަލްގެ ބަދަލުގައި “ފިޒްކަލް ޒިންމާގެ ބިލް” ގެ ވިދާޅުވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Advertisement

މިގޮތުން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓްގައި މިފަދަ ބޭފުޅެއް ގައުމީ މަޖިލީހަށް އައްޔަނުކުރުމުން އިނގިރޭސި ބަސްތައް ނުހިމަނާ ބިލުތައް ފަރުމާ ކުރުމަށް ގޮވާލާފައެވެ. ގައުމެއްގެ ބިލުތައް ތަންފީޒުކުރާ ގައުމީ އިދާރާގެ ރައީސްއަކަށް ހުންނެވި ބޭފުޅާގެ ތައުލީމީ ފެންވަރު މި ލެވެލްގައި ހުރުމަކީ ގައުމަށް ލަދުވެތިކަމެއްގެ ގޮތުގައި ޖަމީލް ވަނީ ސިފަކޮށްފައެވެ.

އަދުރޭގެ އިތުރުން ވަރަށް ގިނަ މެންބަރުންވެސް ވަނީ ހަމަ މިފަދައިން “ފިޒްކަލް” ބޭނުންކޮށްގެން ވާހަކަދައްކާފައެވެ.

އަދުރޭގެ ދަރިފުޅު ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރު ފައިސަލް އިބްރާހީމްވެސް ވަނީ ރާއްޖެއިން ބޭރުގެ އެކި ފޯރަމް ތަކުގައި ބްރޯކެން އިންގްލިޝް  އިން ވާހަކަދައްކައިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. ބައްޕައާއި ދަރިފުޅަކީވެސް އެއްވެސް ގާބިލުކަމެއް ނެތް މަގާމަށް ޝަރުތު ހަމަނުވާ ދެމީހުން ކަން އަމިއްލައަށް ދަނީ ސާބިތުކޮށްދެމުންނެވެ.

މިއާއިއެކު އަދުރޭއާއި ދެން ތިބި މެންބަރުންގެ އިލްމީ ބުރަދަން ފިޒިކަލްވެ ކިލޯއިން ބަރުވާނެ ކަމަށް ވިދާޅުވެ ޖަމީލްވަނީ ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved