March 11, 2026
Advertisement
މިއަދު ބޭއްވި ޖުޑީޝިއަރީ ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގެ ތެރެއިން
މިއަދު ބޭއްވި ޖުޑީޝިއަރީ ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގެ ތެރެއިން / -

ޖުޑިޝަރީ ކޮމިޓީއިން ބޭއްވި ބައްދަލުވުން ސިއްރުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 2, 2024, 02:24 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އިން ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

Advertisement

ސިއްރުކޮށްފައިވަނީ އެ ކޮމިޓީން ބަލަމުން އަންނަ ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން ބޭއްވި ކޮމިޓީ ބައްދަލުވުމެވެ.

އެގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން މީހަކު ހުށަހަޅާފައިވާ ސިޓީއަކާ ގުޅުން ހުރި މައްސަލާގައި މިއަދު އޮތީ އެ މައްސަލަ ހުށަހެޅި މީހާއާ ބައްދަލުކުރުމެވެ.

ނަމަވެސް، ކޮމިޓީ ފެށުމާ އެކު، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ ބައްދަލުވުން ސިއްރު ކޮށްގެން ކުރިއަށް ގެންދަން ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުން ކޮމިޓީން ފާސްކޮށް، ބައްދަލުވުން ސިއްރު ކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ވެސް ވަނީ ސިއްރު ކޮށްފައެވެ. އެ ބައްދަލުވުމަކީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ އިސް ބޭފުޅުންނާ ބައްދަލު ކުރަން ބޭއްވި ބައްދަލުވުމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved