ޑރ. އިޔާޒް / ހުރިހާ.އެމްވީ
ސިޔާސީ
މުސާރަ ކުޑަކުރުމަށް ދެކޮޅު ހެދުމުން ޑރ އިޔާޒްގެ ފާޑުކިޔުން ގާސިމަށް!
Aishath Naja
އައިޝަތު ނަޖާ
02 ޖުލައި 2024
މާލެ ސިޓީ

މަހުޖަނު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ޑރ މުހައްމަދު އިޔާޒް ފާޑުވިދާޅުވެއްޖެއެވެ.

އިޔާޒް އޭނާގެ އެކްސް ހޭންޑްލްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މައްސަލަ އަކީ މަޖިލީހަށް ވިޔަފާރި ކުރާ ފަރާތްތައް ހޮވުންކަމަށެވެ.

އެގޮތައް ކަންތައްވީމާ ފެނިގެންދަނީ ރައްޔިތުންގެ މަސްލަހަތައްވުރެ ބޮޑަށް އެމީހުންގެ އަމިއްލަ މަސްލަހަތު އިސްކުރާ މަންޒަރުކަމަށް ވިދާޅުވެ އިޔާޒް ވަނީ ނުރުހުންފާޅުކުރައްވާފައެވެ.

އަދި ކުރިޔަށް އޮތް ތަނުގައި މިކަމާމެދު ވިސްނަން ޖެހޭނެ ކަމަށް ވެސް އިޔާޒް ވަނީ ވިދާޅުވެފައެވެ.

އިޔާޒްގެ ޕޯސްޓްގައި ސީދާ "ގާސިމް" ގެ ނަން ފާހަގަކުރައްވާފައިނުވީ ނަމަވެސް މަޖިލިސް މެމްބަރުންގެ އަދަދު އަދި މުސާރަ ކުޑަކުރުމަށް މަޖިލީހުގައި ބަހުސް ކުރެއްވުމަށް ފުރުސަތު ދިނުމުން ގާސިމް ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

އަދި މެމްބަރުންގެ މުސާރަ ކުޑަ ކުރެާކަށް އޭނާއަށް ނުފެންނަ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މިކަމާ އާންމުން ވެސް އަންނަނީ ގާސިމަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

އެއީ ގާސިމަކީ އެތައް ވިޔަފާރިއެއް އޮންނަ ބޮޑު މަހުޖަނަކަށް ވީއިރުވެސް ފައިސާގެ ދަހިވެތިކަން އޭނާގެ ހުރުމުންނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved