March 19, 2026
Advertisement
ތިމާވެއްޓާ ބެހޭ ވުޒާރާގެ ނައިބަަކަށް އައްޔަންކުރި ފަޒީލާ
ތިމާވެއްޓާ ބެހޭ ވުޒާރާގެ ނައިބަަކަށް އައްޔަންކުރި ފަޒީލާ / ސޯޝަލް މީޑިއާ

ސަރުކާރުން ޚަރަދު ކުޑަ ކުރަމުންދާކަން ހާމަކޮށްފައިވަނިކޮށް އަނެއްކާވެސް ޑެޕިއުޓީއަކު އައްޔަންކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 3, 2024, 11:14 PM
މާލެ ސިޓީ

ސަރުކާރުގެ ޚަރަދުތައް އިތުރުވެ ބަޖެޓަސް ނުކަތަމުންދާތީ ޚަރަދުކުރުމުގެ ސިޔާސަތެއް ފައްޓަވައިފިކަން ހާމަކުރުމަށް ފަހި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަނެއްކާވެސް ސިޔާސީ މަގާމަކަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

Advertisement

އެގޮތުން މި ފަހަރު ބޭފުޅަކު އައްޔަންކޮށްފައިވަނީ އެންވަޔަރަންމަންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. އެމަގާމަށް އައްޔަންކޮށްފައިވަނީ ނެޓްބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވީ ފަޒުނާ ޖަލީލެވެ.

އެންވަޔަރަމެންޓު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ މިނިސްޓްރީގައި މިހާރު ވެސް ޖުމުލަ 46 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވި އެވެ. ފަޒުނާއާއެކު އެ އަދަދު 47 އަށް އަރާނެ އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ތިއްބަވަނީ

  • މިނިސްޓަރު
  • 7 ސްޓޭޓު މިނިސްޓަރުން
  • 14 ޑެޕިއުޓީ މިނިސްޓަރުން
  • 15 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން
  • 10 ޕޮލިޓިކަލް ޑިރެކްޓަރުން

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 31،500ރ. ލިބެއެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީއަށް ނައިބަކު އައްޔަންކޮށްފައި މިވަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ސިޔާސީ މަގާމުތައް މަދު ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved