March 20, 2026
Advertisement
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު / މަޖިލިސް

މެމްބަރުން އިތުރުވުން ހުއްޓުވުމަށް ހުށަހެޅި ބިލު ބަލައިގެންފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 4, 2024, 12:09 AM
މާލެ ސިޓީ

ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ބޭއްވި ކޮންމެ ރައްޔިތުންގެ މަޖިލީސް އިންތިހާބެއްގައި މެންބަރުން އިތުރުވަމުން ދާތީ އެކަމަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވައިފިއެވެ.

Advertisement

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ.

ގަރާރު ހުށަހަޅުއްވަމުން ޝުޖާއު ވިދާޅުވީ، ފެހި ގާނޫނު އަސާސީ ވުޖޫދުވި ފަހުން ބޭއްވި ކޮންމެ މަޖިލީސް އިންތިހާބެއްގައި މެންބަރުން އިތުރުވާ ނިސްބަތަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން ވެސް ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު، ރާއްޖޭގެ މަޖިލީހަށް އިންތިހާބު ކުރަން ޖެހޭ މެންބަރުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

މިއީ މަޖިލީހުން ހައްލެއް ހޯދަން ޖެހޭ ކަމެއް ކަމަށާއި މިއީ ރައްޔިތުން ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ޝުޖާއު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުރީގެ މަޖިލީސްތަކުން ވެސް މިކަމަށް ހައްލެއް ހޯދަން ގާނޫނަށް އިސްލާހު ހުށަހެޅި ނަމަވެސް މަޖިލީހުގެ ޖުމްލަ މެންބަރުން އެކަމާމެދު ދެކޭ ގޮތް ހާމަކޮށްފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ތަންދޭ އެންމެ ފުޅާ މިނެއްގައި މެންބަރުން މިގަރާރަށް ބަހުސްކޮށް ގޮތެއް ނިންމަން އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

މި ގަރާރު ފާސްކޮށްފައި ވަނީ ބުދަ ދުވަހު ބޭއްވި މި ދައުރުގެ 11 ވަނަ ޖަލްސާގައި ވޯޓު ގަޑީގައި މަޖިލިސް ތަޅުމުގައި ތިއްބެވި 78 މެންބަރުންގެ އިއްތިފާގުންނެވެ.

ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން މަޖިލީސް މެންބަރުން އިތުރުވަމުން އައި މިންވަރު؛

  •  17 ވަނަ މަޖިލީސް - 77 މެންބަރުން
  •  18 ވަނަ މަޖިލީސް - 85 މެންބަރުން
  •  19 ވަނަ މަޖިލީސް - 87 މެންބަރުން
  •  20 ވަނަ މަޖިލީސް - 93 މެންބަރުން ނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved