March 10, 2026
Advertisement
ފަލަސްތީނަށް ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފި
ފަލަސްތީނަށް ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފި / ސޯޝަލް މީޑިއާ

ފަލަސްތީނަށް ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 4, 2024, 02:56 AM
މާލެ ސިޓީ

އިސްރާ އެސޯސިއޭޝަނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ފަލަސްތީނަށް ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފިއެވެ.

Advertisement

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނި މާދަމާ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ފޯރަމްގައި ވާހަކަ ދައްކަވާނީ ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން އާއި ޑރ. އަބްދުލްހަންނާން ވަހީދުއާ ދެބޭފުޅުންނެވެ.

މާދަމާ ރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ ފޯރަމްގެ މައުޟޫ އަކީ "ފަަލަސްތީނާއި އުންމަތުގެ އެއްބައިވަންތަކަން" މި މައުޟޫއެވެ.

ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން ވާހަކަ ދައްކަވާނީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމުގެ މައްޗަށެވެ. ޑރ. އަބްދުލްހަންނާން ވަހީދު ވާހަކަ ދައްކަވާނީ ފަލަސްތީނުގެ މިއަދުގެ ހާލަތުގެ މައްޗަށެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އުދުވާން އިތުރު ހަރުފަތަކަށް ގެންގޮސް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާތާ އެތައް ދުވަހެއްވެފައިވާއިރު އެކަމާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ފާޅުގައި މަސައްކަތްކުރާ އެއް ގައުމަކީ ދިވެހިރާއްޖެއެވެ. އެގޮތުން ނަސްލެއް ނައްތާލުމަށް ދެމުން ގެންދާ ނިރުބަވެރި ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ވެހިކަލް ބުރުތައް ބޭއްވުމާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެކި އެކި ޓެލެތޯނުތައް ބޭއްވުމުގެ އިތުރުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ވެސް ދިވެހިނ ގެންދަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved