March 29, 2026
Advertisement
ރައީސް ޔާމީން ފްރޮންޓް އޮފީހުގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ފްރޮންޓް އޮފީހުގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

މި ސަރުކާރުން ކަންކަމުގައި ޖަވާބުދާރީ ވަނީ ފެއިލްވުމުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 4, 2024, 06:20 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަންކަމުގައި ޖަވާބުދާރީވާ ކަމަށާ ނަމަވެސް ޖަވާބުދާރީވަނި އެކަމެއްގައި ސަރުކާރު ފެއިލްވުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ދަ ފްރޮންޓް އޮފީހުގައި އޮތް ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރަކީ ވަރަށް ގިނަ އުއްމީދުތަކަކާ އެކު ރައްޔިތުން ގެނައި ސަރުކާރެއް ކަމަށާ އެހެންކަމުން އެ ކަންކަން ނުވެ ލަސްވަމުން ދަދިއުމާ ގުޅޭގޮތުން ރައްޔިތުން އެނގެން ބޭނުން މައުލޫމާޓު ސަރުކާރުން ހާމަކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް މި ސަރުކާރުގެ އުސޫލަކީ އެފަދަ ކަންކަން މަޝްރޫއުތަކާ ޕްރޮޖެކުޓުތަކުގެ ކުރިން އެންގުމަކާ ނުލާ ތިބުމަސްފަހު އެކަންކަން ފަނު ފުލުން ދިއުމުން ދެން ރައްދުވާ ބަސްތަކަށް ނުކުމެ ޖަވާބު ދިނުން ކަމަށަ އޭރު އޮންނަނީ ވަގުތު ފާއިތުވެފައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތއް ނުބަލާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ކުރީ ސަރުކާރުގައި ކޮރަޕްޝަން ގިނަވެގެން އެވާހަކަ ދެއްކެވި ބޭފުޅުން މިއަދު ސަރުކާރުގައި ތިބެ ކޮރަޕްޝަންގެ މައސަލަތައް ނުބަލާ ކޮރަޕްޝަނަށް މަގު ފަހިވާ އެތައް ކަމެއް ކުރަމުންދާ ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved