March 29, 2026
Advertisement
ރައީސް ޔާމީން، ފްރޮންޓް އޮފީސް ޖަލްސާގައި
ރައީސް ޔާމީން، ފްރޮންޓް އޮފީސް ޖަލްސާގައި / ތޭރަ އޮންލައިން

ނިހާންގެ މައްޗައް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސް ކޮށްލީ ޝަރުއީ ނިޒާމަށް މަލާމާތް: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Jul 5, 2024, 05:21 AM
މާލެ ސިޓީ

ކުރީގެ މަޖިލިސް މެމްބަރު ނިހާން ހުސައިން މަނިކްގެ މައްޗައް ކޮށްފައިވާ ދައުވާތައް ދައުލަތުން އަނބުރާ ގެންދިޔައީ ރައީސް ޑރ މުހައްމަދު މުހައްމަދު ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދި ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަގަހަ ޖަލްސާގައި އެމަނިކުފާނުގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދާ ސުވާލު އަމާޒުކުރައްވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އޭރު މިނިވަންކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހެއްދެވީ އިތުރުފުޅުކަން މިއަދު ރައްޔިތުންނަށް ހާމަވެފައިވާނެ ކަމަށެވެ.

ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ރައީސް ޔާމިން މިނިވަންކޮށްދިނުން ކަމަށް ވިިދާޅުވެފައި ފަހުން ވިދާޅުވީ އެކަން ކުރައްވާނީ ކޯޓުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ނިހާންގެ މައްސަލައިގައި ފެނިގެން ދިޔައީ ނިހާންގެ މައްޗައް ދައުލަތުން ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށް ރައީސް މުއިއްޒު ޕްރޮސެކިޔުޓާރ ޝަމީމަށް އަމުރުކުރެއްވި މަންޒަރުކަމަށެވެ.

އެޔަށްފަހު ދެން ފެނިގެންދިޔައީ ގާނޫނޫ ހަދާ މަޖިލީހުގެ މަގާމެއް ނިހާން އަށް ދެއްވި މަންޒަރު ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ރައީސް މުއިއްޒުގެ މި އަމަލު ކުށްވެރިކޮށްފައެވެ.

ޝަރުޢީ ނިޒާމް މިނިވަންވެއްޖެ ކަމަށް ވިދާޅުވި ނަމަވެސް އެ މަންޒަރު ނުފެންނަ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved