March 9, 2026
Advertisement
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވާ ފުރަތަމަ ބެޗްގެ ކުދިން
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވާ ފުރަތަމަ ބެޗްގެ ކުދިން / ސޯޝަލް މީޑިއާ

ރާއްޖޭގައި ޑޮކްޓަރަކުން ކިޔަވަން ފެށި ފުރަތަމަ ބެޗުން ހުރިހާ ދަރިވަރުން ފާސްވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Jul 5, 2024, 06:16 PM
މާލެ ސިޓީ

ރާއްޖޭގައި ޑޮކްޓަރަކުން ކިޔަވަން ފެށި ފުރަތަމަ ބެޗުން ހުރިހާ ދަރިވަރުން ރަނގަޅު ނަތީޖާއާ އެކު ފާސްވެ ކިޔެވުން ފުރިހަމަކޮށްފި އެވެ.

Advertisement

ފަސް އަހަރުގެ މި ކޯހުގެ އެންމެ ފަހު އިމްތިހާނު މިދިޔަ އަންގާރަ ދުވަހު އޮތް އިރު އެ ޓެސްޓުގައި ބައިވެރިވި 22 ދަރިވަރުންނަށް ނަތީޖާ ލިބުނު އިރު ހުރިހާ ދަރިވަރުން ވެސް ފާސްވެފައިވެއެވެ. އެހެންކަމުން، އަންނަ އޮކްޓޯބަރު މަހު އެމްއެންޔޫން ބާއްވާ ދަސްވެނިވުމުގައި މެޑިސިން ސްކޫލުގެ ފުރަތަމަ ބެޗްގެ ދަރިވަރުން ގްރެޖުއޭޓްވާނެ އެވެ.

މެޑިސިން ސްކޫލުގެ ޑީން، ޑރ. ޝީޒާ ވިދާޅުވީ އަލަށް ފެށި ކަމަކަށް ވުމުން އެމްބީބީއެސް ކޯސް ގެންދަން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި ކަމަށެވެ. ނަމަވެސް، ހުރިހާ ދަރިވަރުން ވެސް ރަނގަޅު ނަތީޖާއަކާ އެކު ކިޔެވުން ފުރިހަމަކުރުމަކީ ވަރަށް ބޮޑު އުފަލަކާއި ފަހުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މެލޭޝިޔާގެ ކެބަންސާން ޔުނިވާސިޓީއާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ޑޮކްޓަރުކަން ކިޔަވައިދޭން ފެށީ ސެޕްޓެމްބަރު، 2018 ގަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved