

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދެއްވަން ފެއްޓެވި ސްޓޫޑަންޓް ލޯނަކީ އިސްލާމީ އުސޫލާ އެއްގޮތަށް ދޫކޮށްފައިވާ ލޯނެއްކަން ރައީސް މުހައްމަދު މުއިއްޒަށް އެނގިވަޑައިނުގަންނަވާކަން ހާމަވެއްޖެއެވެ.
އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދެއްވަން ފެއްޓެވި ސްޓޫޑަންޓް ލޯންއަކީ އިސްލާމީ ޝަރީއާއި އެއްގޮތަށް ދޭން ލޯނަކަށް ބަދަކުކޮށް، އިދާރީ ފީގެ ގޮތުގައި އެލޯނަށް ނަގަމުންދާ %1 ކަނޑުއްވާލައްވަން ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ދެ ކަމެއް ކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އޭގެ ތެރޭގައި ލޯނާ އެކު، އިދާރީ ފީގެ ގޮތުގައި މިހާރު ނަގާ އެއް ޕަސެންޓު އެއްކޮށް ކަނޑާލައި، ދޫކުރާ ލޯނު ފައިސާގެ އިތުރުން އެއްވެސް ވަރެއް އިތުރަށް ނުނެގުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ބަދަލު ގެނައިކަން ރައީސް މުއިއްޒުގެ އަމިއްލަ އެކްސް ހޭލްޑްއިން ޓުވީޓު ކުރެއްވިއިރު، މި ލޯނަކީ މީގެކުރިންވެސް ބޭންކުތަކުން ދޫކުރާ ކޮންވެންޝަނަލް ލޯނުތަކާއި އެއްގޮތަށް، އިންޓަރެސްޓް ހިމަނައިގެން ދެމުން އަންނަ ލޯނެއް ނޫންކަން ފާހަގަކޮށްލެވެއެވެ. އެ ލޯނަށް ނަގަމުންދާ %1 ނަގަމުން ދަނީ އިދާރީ ފީއެއްގެ ގޮތުގައެވެ.
ރައީސް މުއިއްޒު މިފަދަ ކަމަކަށް ނުވާ ނިންމުމެއް ނިންމަވާފައި މިވަނީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ތާވަލްތަކާއި އެއްގޮތަށް ދޫނުރާ މައްސަލަ ބޮޑު ވެފައި ވަނިކޮށް އެކަން އޮއްބާލަން ކަމަށް ބެލެވެއެވެ.