theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ސްޕެއިންގައި ކިޔަވާ ބައެއް ދަރިވަރުންނާ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު، އޮންލައިންކޮށް ބައްދަލު ކުރައްވަނީ.-- / Higher Education Ministry
ހަބަރު
ސްޕެއިންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާގެ ކަންބޮޑުވުން ސަރުކާރާ ހިއްސާކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
08 މޭ 2025
މާލެ ސިޓީ

ސްޕެއިންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އޮންލައިންކޮށް ބައްދަލު ކުރައްވައި، ދަރިވަރުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.

ސްޕެއިންގައި ޕައިލެޓުކަން ކިޔަވަމުން އަންނަ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މިނިސްޓަރާ ބައްދަލުކުރުމަށް އެދި ހުށަހަޅާފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް ވިސާގެ މައްސަލަތައް ދިމާވެ އަދި އެ ކުދިންނަށް ސްޓައިޕެންޑުގެ ގޮތުގައި ލިބޭ ފައިސާގެ އަދަދު މަދުވުމުގެ ސަބަބުން ދިމާވާ ދަތިތައް ބަޔާންކޮށް ދަރިވަރުންގެ ފަރާތުން މީގެ ކުރިން ހައިދަރަށް ވަސީ ސިޓީ ފޮނުވައިފަ އެވެ.

އެ ސިޓީގެ ޖަވާބު ނުލިބި ދިގުލައިގެން ގޮސް އަދި ދަރިވަރުންގެ އީމެއިލްތަކަށް ވެސް މިނިސްޓްރީން ޖަވާބު ނުދޭތީ އެ ދަރިވަރުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސްޕެއިން ނޫނަސް ބޭރުގެ ގިނަ ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ސުކޫލު ފީތަކާއި އެދަރިވަރުންނަށް ސަރުކާރުން ހަމަޖައްސައިދޭން ޖެހޭ ގިނަ ހިދުމަތް ހަމަނުޖެހި ގިނަ ދަރުވަރުން އަދި ބެލެނިވެރިން އަންނަނީ ޝަކުވާ ކުރަމުން ނެވެ

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved