theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ރިޕޯޓު
ޒުވާނުންނަށް ހެޔޮ އެދިގެން ޒުވާނުންނަށް ކޮށްދިނީ ކޮންކަމެއް؟
Faina Faiz
ފައިނާ ފާއިޒް
26 ޑިސެމްބަރު 2025
މާލެ ސިޓީ

ޒުވާނުންނަށް ހެޔޮ އެދިގެން ވެރިކަމަށް އައި ސަރުކާރަށް ޒުވާނުންނަށް ކޮށްދެވުނީ ކޮންކަމެއްތޯ ބަލާނަމަ ބަލާ މީހެއް ސަހަރޯ ހިތަށް އަރާނެއެވެ.

އެތަށް ރެއެއްގެ ނިދި ނަގާލަމުން މިންނެތް މަސައްކަތާއެކު ކިޔަވާ ދަރިވަރުން، ސަރުކާރުގެ ސްކޮލާޝިޕް ލިބިގެން އެ ދަރިވަރުންގެ އާއިލާ ދޫކޮށް، ގައުމުން ބޭރަށް ފުރަނީ އަގެއްނެތް ވައުދުތަކަށް ލޯމަރާލުމަށް ފަހު އިތުބާރުކޮށްގެންނެވެ. އެ ދަރިވަރުންގެ ކިޔެވުމުގެ ޚަރަދު ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ފޮނި އުންމީދުގައި، ދަތުރު ހަދައިގެން މުޅި ދިރިއުޅުުން އެހެން ގައުމަކަށް ކިޔެވުން ނިމެންދެން ބަދަލުކުރަނީ އެ ވައުދުގައި ޅަކުއްޖަކު އިތުބާރާއެކު މައެއްގެ އަތުގައި ހިފައިގެން ހުންނަ ފަދައިންނެވެ.

ނަމަވެސް މިބުނާ، މާދަމާގެ ޒުވާނުން، ކިޔަވަން ފުރުމަށް ފަހު އެކުދިންނަށް ކުރިމަތިލާން މިޖެހެނީ އެތައް ކެކުޅުން ހުރި ދަތިތަކާކާއެވެ. ސަރުކާރުން ދަރިވަރުންނަށް ދޭން ޖެހޭ، ދޭން ވައުދުވެފައިވާ ސްޓައިޕެންޑު ހޯދުމަށް އެކަނިވެސް ޖެހެނީ ވުޒާރާތައް ފަހަތުން ދުވެ، ރޮއެ އާދޭސް ކުރާށެވެ. ކަން އޮންނަން ޖެހެނީ މިފަދައިންތޯ؟ ނުފުއްދޭ ވައުދުވެ އަމިއްލަ ގައުމުގެ ދަރިވަރުން، އަމިއްލަ ގައުމުގެ މުސްތަގުބަލު، ،ިފަދައިން ބިކަ ކޮށްލުން މިއީ އެއްވެސް ގޮތެއްތޯ؟

އެ ދަރިވަރުން އަންނަނީ އެކަކު އަނެކަކަށް ބަރޯސާވެ ފަސޭހަ ކަމެއް ހޯދުމަށް ގްރޫޕުތައް ހަދާ އެކަކު އަނެކަކަށް ބަހުގެ ޒަރިއްޔާއިން ނަމަވެސް އެހީވަމުންނެވެ.

ދަރިވަރުން އެކުދިންގެ ފައިސާއަށް އެދެމުން އަންނައިރު މަތީ ތައުލީމާއި ބެހޭ ވުޒާރާއިން އަންނަނީ މިހުރިހާ ކަމެއް އެއީ ނުވާކަމަށް ހަދާ ބަޔާންތައް އާންމު ކުރަމުންނެވެ. ނަމަވެސް މީސްމީޑިއާގެ ޒަމާނުގައި ހަގީގަތް ހާމަނުވެ އޮތުމަކީ ވަރަށް ނާދިރު ކަމެކެވެ. މިކަމަށް ރައްދުދީ އެތައް ދަރިވަރަކު އަންނަނީ އެކުދިން މިނިސްޓްރީއަށް ކުރަމުން އަންނަ މެސެޖުތައް ޝެއާ ކުރަމުންނެވެ.

މިއީ ކިޔެވުމުގެ މަރުހަލާގައި ދަރިވަރުން ކުރިމަތިލާ ދަތިކަމުގެ ކުޑަ މިންވަރެކެވެ. ކިޔެވުން ނިންމުމަށް ފަހު އެކުދިން ރާއްޖެއަށް އަނބުރާ އަންނަނީ ދިރިއުޅުމުގެ އައު ސަފްހާއެއް ފެށުމަށް އަތުކުރި އޮޅާލައިގެންނެވެ.

މިވާހަކަ ކިޔުންތެރިންނަށް ކިޔާދިނުމަށް ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުރުހޭ ލަފްޒު "ނެޕޯ ބޭބީ" ބޭނުންނުކޮށް ކިޔާދިނުމަކީ ވާން އޮތް ކަމެއް ނޫނެވެ. އެހެނީ ކަމުގެ ހަގީގަތް އޮތް ގޮތަކީ، ކިތަންމެ މޮޅަށް ކިޔަވައިގެން، ކިތަންމެ މޮޅު ޑިގްރީއެއް ހާސިލްކޮށްގެން އަނބުރާ ގައުމަށް އަޔަސް މިބުނާ، "ނެޕޯ ބޭބީ" ނުވަތަ މަތީ ފެންވަރުގެ މަގާމުތަކުގައި ތިބި އާއިލީ ފަރާތެއް ނެތް ކުއްޖެއްނަމަ، ވަޒީފާ ހޯދަން ޖަހަންވީ ސަލާމެވެ.

ފޮނި އުންމީދާއެކު ކިޔަވަންދާ ސްކޮލާޝިޕް ދަރިވަރުން ތައުލީމު ހާސިލްކޮށްގެން އައިސް ގަނަތެޅޭއިރު، ސަރުކާރުގެ އެއްބާރުލުން ލިބިގެން، ތިބި އާއިލާތަކުގެ ބޮޑު މުސާރައިން ކިޔަވައިގެން އަންނަ ކުދިން ރާއްޖެއަށް އަންނަން ވާއިރަށް އޮންނަނީ ބޮޑުމުސާރަ ލިބޭ ވަޒީފާ ރަނުން ޝާއިއުކުރެވިފައިވާ ފަތްކޮޅުގައި ލިޔުއްވާފައިއެވެ.

މިވަރުންވެސް ސަރުކާރުން "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ދެއްތޯއެވެ. ކޮރަޕްޝަންމެދުވެރިކޮށް ހުޅުވާ ދޮރުތަކުގެ ސަބަބުން ގައުމަށް ގެއްލިގެން މިދަނީ ކިތައް ހުނަރުވެރި ހައްގުވެރި ދަރިވަރުންގެ ފުރުސަތުތޯ ސުވާލުކޮށްލެވެނީ ކިތައް ފަހަރުތޯ؟ މި ނިޒާމުން މޮޅު ލިބެނީ މުއްސަނދި އާއިލާއަކަށް އުފަންވުމަށް، ބުރަ މަސައްކަތް ކުރާ، އެންމެ ޅަ އުމުރުން ފެށިގެން މި ފުރުސަތުތައް ހޯދަން މަސައްކަތް ކުރި ދަރިވަރުންނަކަށް ނޫނެވެ.

މިއީ މިއަދު މި ގައުމުގެ ހާލަތެވެ. ސަރުކާރުން ހާމަކުރަން ބޭނުން ނުވާ ހަގީގަތެވެ. މިކަމަށް ބަދަލު ގެންނަން މަސައްކަތް ކޮށް، ހެޔޮ އިންސާފުވެރި ބަދަލުތަކެއް ނުގެންނަ ހިނދު އެއްވެސް ކުރިއެރުމެއް ނުފެންނާނެއެވެ. އެތައް ޒުވާނެއް މިއަދު މޮޅު ޑިގްރީތައް ހާސިލްކޮށްގެން ވަޒީފާގެ ފުރުސަތު ލިބެން ނެތުމުން ކިޔެވި ދާއިރާއާއި ދުރުގައި އެބަ މަސައްކަތް ކުރެއެވެ.

ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުން ވީ ވައުދުގައި ކޮޅުފައިން ޖައްސަވަމުން އެ ގެންދަނީ ހަމަ ޚުދު އެ ސަރުކާރުންނެވެ. އަމިއްލަ ފައިދާއެއް ނެތްނަމަ އެ ޒުވާނުން އެ ކޮށްލަނީ ބިކައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved