ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު / -
ހަބަރު
މިނިސްޓަރު ހައިދަރު ވިދާޅުވަނީ ގިނަ ދަރިވަރުން ސްޓޫޑެންޓް ލޯނު ފައިސާ ނުދައްކާ ކަމަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
13 މޭ 2025
މާލެ ސިޓީ

ލޯނުގެ އެހީގައި މަތީ ތައުލީމަށް ރާއްޖޭގައި ބޭރުގައި ކިޔެވުމަ ށްފަހު "ސްޓޫޑަންޓް ލޯން" އަނބުރާ ގިނަ ދަރިވަރުން ނުދައްކާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހައިދަރު އެފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހާ ހަމައަށް މި ސަރުކާރުން 157 މިލިއަން ރުފިޔާ ސްޓޫޑެންޓް ލޯނަށް ހަރަދުކޮށްފައި އެބައޮތް ކަމަށް ހައިދަރު ވިދާޅުވި އެވެ. އެހެންނަމަވެސް އަނބުރާ ދެއްކުމުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށް ހައިދަރު ވިދާޅުވި އެވެ.

އަނބުރާ ދެއްކުމުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި. ހަމައަށް ބަރާބަރަކަށް ނުދައްކާ, 40 ޕަސެންޓް ދަރިވަރުންވަރު އަނބުރާ ދައްކަނީ,

- ހައިދަރު ވިދާޅުވި އެވެ.

އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން މިނިސްޓަރު ހައިދަރު ފާހަގަކުރެއްވި އެވެ.

ހައިދަރު ވިދާޅުވީ އެ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންތައްތަކަށް މަޝްވަރާކޮށް ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
ސްޓޫޑެންޓް ލޯނުގައި އެކަނި ވެސް 1،650 ދަރިވަރުން ރާއްޖެ އިން ބޭރުގެ އެކި ގައުމުތަކުގައި މި ވަގުތު ވެސް ކިޔަވަމުން އެބަދެ އެވެ. ސްޓޫޑެންޓު ލޯނަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރެއެވެ. އެ ފައިސާ ދޫކުރަނީ ކޮންމެ ދަރިވަރަކަށް ވެސް ހަ މަހުން ހަ މަހުންނެވެ.

ސްޓޫޑެންޓް ލޯނު ނަގާ ދަރިވަރުން ލޯނު ނު ދައްކާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވިއިރު ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ލިބުމުގައި ދަތިތައް ދިމާވާ ކަމުގެ ކަންބޮޑުވުން ދަރިވަރުން އަންނަނީ ކުރަމުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved