March 26, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ސުވާލު ކުރައްވަނީ
ރައީސް ޔާމީން ޖަލްސާގައި ސުވާލު ކުރައްވަނީ / ތޭރަ އޮންލައިން

ޝަމްނާޒް ހައްޔަރުކުރުމުން ރައީސް ޔާމީންގެ ސުވާލެއް!

Aishath Naja
އައިޝަތު ނަޖާ
Jul 5, 2024, 08:02 PM
މާލެ ސިޓީ

އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކުރީ ހަމަ ހަގީގަތުގައި ވެސް ސިހުރުގެ ތުހުމަތަށްތޯ ނުވަތަ އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ސިޓީ ކައުންސިލުގައި ހިނގާފައި އޮތް ހިޔާނާތަކާ ގުޅޭ "ޕެން ޑްރައިވް" އެއް ހޯދަން ކުރި ކަމަކަށް ވެދާނެތޯ ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދަވައިފި އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ސުވާލު ކުރައްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާގައިއެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި އިރު ޝަމްނާޒްއާއި ރައީސް މުއިއްޒު ވަރަށް ގާތްކަމަށެވެ.

މީގެ ބައެއް މައްސަލަތައް އެބަހުރި މިހާރު ވެސް އޭސީސީ އަަށް ހުށަހެޅިފައި އިނގޭތޯ. އެހެންވީމަ ފަހަރުގައި ވެދާނެތޯ ކައިރިން މަސައްކަތް ކުރި މީހެއް ވީމަ އޭރު ހިނގާފައި ހުރި ކަރަޕްޝަން މައްސަލަތަކުގެ ޕެންޑްރައިވެއް އޮތީމަ އޭނަގެ ގެ ރެއިޑް ކުރުމުގެ ފުރުސަތެއް ހޯދީއޭ. އެހެންވީމަ މިއީ ސިހުރު ހާހުރައިގެ ވާހަކަތޯ ނޫނިއްޔާ އެހެން ކޮންމެވެސް އެއްޗެއް ހޯދާފައި، އެ ކޮންމެވެސް ގޮތަކަށް ބަދަލުވެގެންތޯ މިއުޅެނީ

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލް ތެރޭ ހިންގި ބައެއް ޖަރީމާތަކުގެ މައްސަލަ އޭސީސީގައި އެބައޮތްކަމަށެވެ.

އަދި އޭގެއިތުރުންވެސް އެމަނިކުފާނު ވިދާޅުވީ މުލިއާގެއިން ޝަމްނާޒް ހައްޔަރުކުރުމަށް މައްސަލަ ނުޖެއްސި ކަމަށް ބުނި ނަމަވެސް އެ ވާހަކަތައް އެއީ އެހާ ފަސޭހައިން ގަބޫލު ކުރެވޭނެ ފަދަ ވާހަކަތަކެއް ނޫން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved