May 2, 2026
Advertisement
ޑރ ޖަމީލް ޖަލްސާގައި ވާހަކަދައްކަވަނީ
ޑރ ޖަމީލް ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީނަށް އެންމެ ބޮޑު ހަމަލާއެއް ދިނީ މުއިއްޒު: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Jul 5, 2024, 08:46 PM
މާލެ ސިޓީ

ރައީސް ޔާމީން އަބްދުލްގައްޔޫމަށް އެންމެ ބޮޑު އަނިޔާ އެއް ނުވަތަ ހަމަލާ އެއް ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީން އަށް އެންމެ ބޮޑު އަނިޔާދިން ފަރާތަކީ ޑރ. މުއިއްޒު ކަމަށް ވިދާޅުވަމުން އެ އަނިޔާ ޑރ. ޖަމީލް ސިފަކުރެއްވީ އެއީ "ހޮޅިން ދިން ފަދަ ހަމަލާ" އެއްގެ ގޮތުގައެވެ.

ރާއްޖޭގެ ތާރީޚްގައި އެންމެ އުނދަގޫ ކުރި އެއް ބަޔަކީ ހޮޅިން..ހަމަ އެފަދަ ބޮޑު ހަމަލާ އެއް ހޮޅިން ދިން ފަދަ ހަމަލާއެއް، ރައީސް ޔާމީނަށް ޕީއެންސީ ގެ ފަރާތުން މުއިއްޒު ދީފައިވަނީ

ޑރ ޖަމީލް ވިދާޅުވިއެވެ.

ވެރިކަން ބަދަލު ކުރުމަށްޓަކައި ޕީޕީއެމް/ޕީއެންސީގެ އާންމު މެމްބަރުން ކުރި ބުރަ މަސައްކަތް އެއްޗަކަށް ނުހަދާލާ މިއަދު ސަރުކާރުގެ ބޮޑެތި މަގާމްތައް އާއިލީ ފަރާތްތަކަށް ބަހާ ހުސްކުރާ ކަމަށް ވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

އަދި އޭގެއިތުރުން މި ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންތަކުގެ މައްސަލަ ބެއްލެވުމަށްެވެސް އެމަނިކުފާނު ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved