މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނަކުން ތައިލެންޑުގެ 3 އަންހެނުންނާއި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އެ ހަތަރު މީހުން ހައްޔަރުކުރީ އެ ސްޕާގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ތައިލެންޑްގެ 28 އަހަރުގެ އަންހެނަކާއި 30 އަހަރުގެ ދެ އަންހެނުންގެ އިތުރުން ދިވެހި 55 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންގެންދާ ކަމަށް ވެސް ފުލުހުން ވަނީ މީޑިޔާއަށް ރިޕޯޓްކޮށްފައެވެ.