theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Spa akun bayaku hayyaru kurany / ސޯޝަލް މީޑިއާ
ހަބަރު
ހަށި ވިއްކި ކޭސް: ފިރިހެންމީހާ ދޫކޮށް ތިން އަންހެނުން ބަންދަށް
Aminath Zara
އައިމިނަތު ޒާރާ
06 ޖުލައި 2024
މާލެ ސިޓީ

މާލޭގެ ސްޕާއެއްގެ ތެރޭގައި ހަށިވިއްކަމުން ދިޔަ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ ދޫކޮށްލައި، ތައިލެންޑް ތިން އަންހެނުން ބަންދުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 55 އަހަރުގެ ދިވެއްސަކާއި، ތައިލޭންޑަށް ނިސްބަތްވާ ތިން އަންހެނުންނެވެ. އެއީ 30 އަހަރުގެ ދެ އަންހެނުންނާއި 28 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މައުލޫމާތު ހާމަކޮށްފައިވެއެވެ.

ފުލުހުންގެ ހިދުމަތުން ރޭ ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށް ފަހު ފިރިހެން މީހާ ދޫކޮށްލުމަށާއި ތައިލޭންޑުގެ ތިން އަންހެނުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހްގީގުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved