April 13, 2026
Advertisement
ރައީސް މުއިއްޒު އާ ގާސިމް
ރައީސް މުއިއްޒު އާ ގާސިމް / ސޯޝަލް މީޑިއާ

ވިލާ ހައި ސްކޫލާ އިންވެގެން ހުރި ހުރިހާ ބިމެއް ގާސިމްއަށް ދޭން އުޅޭކަމަށް މުސްތަފާ ތުހުމަތުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 6, 2024, 11:53 PM
މާލެ ސިޓީ

މާލޭގައި އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގެ ތެރެއިން އިޒުއްދީން ސްކޫލު ހިމެނޭ އިމާރާތް ވިޔަފާރިވެރިޔާ މަހުޖަނު ގާސިމް އިބްރާހިމަށް ދޭން އުޅޭކަމުގެ އަޑުަތއް ގަދަވެފައިވަނިކޮށް ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ ތުހުމަތުތަކެއް އަމާޒުކޮށްފިއެވެ.

Advertisement

މުސްތަފާ އޭނާގެ އެކްެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލާ ހައި ސްކޫލާ އިންވެގެން ހުރި އިއްޒުއްދީން ސްކޫލުގެ އިމާރާތް ހިމެނޭ ބިން ފޭރިގަތުމަށް ފަހު މިހާރު ގާސިމް ގެންދަނި ދަނާލު ހުރި ބިންވެސް ފޭރިގަންނަން ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ސަރުކާރުގެ ހުރިހާ ބިމެއް ޖަހައިގަތުމަށް ގާސިމް ދަނީ މަސައްކަތްކުރަމުން ކަމަށް މުސްތަފާ ތުހުމަތުކޮށްފައިވެއެވެ.

މުސްތަފާ މިފަދަ ތުހުމަތުތަކެއް ކޮށްފައި މިވަނީ ވިލާ ކޮލެޖަށް ދާދި އަވަހަށް ޔުނިވާސިޓިއެއް ދަރަޖަ ދޭން ނިންމާ، އެ ކޮލެޖުގައި ކިޔަވަން ރާއްޖެއިން ބޭރުން ކުދިން އަންނާނެހެން ސުޓޫޑެންޓު ވިސާ ދޫކުރުމަށް ވެސް އެދިފައި ކަމަށް އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ވިލާގެ ކެމްޕަސް ބޮޑުކުރުމަށް ވިލާއާ އިންވެގެން އޮންނަ އިޒުއްދީން ސްކޫލުގެ ގޯއްޗާ އިމާރާތް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved