މަހުގެ އެކްސްޕޯޓް މިންވަރު %47 ދަށަށް / ސޯޝަލް މީޑިއާ
ވިޔަފާރި
ރާއްޖެއިން މަސް އެކްސްޕޯޓު ކުރި މިންވަރު ދަށަށް ގޮސްފި
Mariyam Isaadha
މަރިޔަމް އިސާދާ
06 ޖުލައި 2024
މާލެ ސިޓީ

ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު ދަށަށް ގޮސްފިއެވެ.

މޯލްޑިވިސް މަނިޓަރީ އޮތޯރިޓީއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން މިއަހަރުގެ އަހަރުގެ މެއި މަހުގެ ނިޔަލަށް އެކްސްޕޯޓުގެ މަހުގެ މިންވަރު ވަނީ މިދިޔަ އަހަރުގެ އެއް މުއްދަތާ އަޅާ ބާލައިރު ދަށަށް ގޮސްފައިކަންވަނީ ހާމަވެފައެވެ.

އެގޮތުން ބަލާއިރު މިދިޔަ އަހަރު މެއި މަހުގެ ނިޔަލަށް 44،730 މެޓްރިކް ޓަނުގެ މަސް ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާއިރު، މި އަހަރު އެ މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 23،464.8 މެޓްރިކް ޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރުުގެ އެ މުއްދަތާއި އަޅާބަލާއިރު 21،266 މެޓްރިކް ޓަނު ދަށް އަދަދެކެވެ. އިން ސައްތައިން ބަލާ ނަމަ 47.5 އިންސައްތައިގެ ދަށްވުމެކެވެ.

މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ކަޅުބިލަމަހެވެ. އެގޮތުން މެއި މަހުގެ ނިޔަލަށް 14,985.1 މެޓްރިކް ޓަނުގެ ކަޅުބިލަމަސް އެކްސްޕޯޓްކޮށްފައިވެއެވެ. އަދި 4،670 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވެއެވެ. މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 3،050 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެއެވެ.

ރާއްޖޭގެ މަސް އެކްސްޕޯޓޭޝަން މިހާ ދަށްވެގެން ދިޔަ ސަބަބެއް ކަމަށް ބެލެވެނީ މަސްވެރިންގެ ފައިސާ ނުދީ ހުރުމުން އެ މަސްވެރިން މަސްވެރިކަމަށް ނުނިކުމެ ތިބި ތިބުމެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved