ވައްކަމާއި ފޭރުމުގެ މައްސަލަތައް ދަށަށް / ޕޮލިސް
ހަބަރު
ވައްކަމާއި ފޭރުމުގެ މައްސަލަތައް މިދިޔަ މަހަށްވުރެ ދަށަށް: ފުލުހުން
Aminath Zara
އައިމިނަތު ޒާރާ
07 ޖުލައި 2024
މާލެ ސިޓީ

މި އަހަރުގެ މެއި މަހާ އަޅާބަލާއިރު، މިދިޔަ ޖޫން މަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް ރިޕޯޓުކުރި އަދަދު ދަށްވެއްޖެ އެވެ.

މެއި މަހާއި ޖޫން މަހުގެ ކުށުގެ ތަފާސްހިސާބުތައް އާންމު ކުރައްވައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ކުށްކުރާ ޕެޓާނަށް މާ ބޮޑު ބަދަލެއް ނަޔަސް، މެއި މަހަށް ވުރެ ޖޫން މަހުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ދަށްވުމަކީ ލިބޭ ހިތްވަރެއް ކަމަށެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މެއި މަހު ވައްކަމުގެ 335 މައްސަލައަކާއި ފޭރުމުގެ 50 މައްސަލައެއް އެ އިދާރާ އަށް ހުށަހެޅި އެވެ. އެކަމަކު، ޖެހިގެން އައި ޖޫން މަހު ރިޕޯޓު ކޮށްފައި ވަނީ ވައްކަމުގެ 315 މައްސަލައަކާއި ފޭރުމުގެ 29 މައްސަލައެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved