March 11, 2026
Advertisement
ކަރަންޓް ކޭބަލް ވަގަށް ނެގުމުގެ މައްސަލަތައް އާންމުވަނީ
ކަރަންޓް ކޭބަލް ވަގަށް ނެގުމުގެ މައްސަލަތައް އާންމުވަނީ / ސޯޝަލް މީޑިއާ

ކަރަންޓް ކޭބަލް ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރަށް

Aminath Zara
އައިމިނަތު ޒާރާ
Jul 7, 2024, 03:33 PM
މާލެ ސިޓީ

މަޖީދިއްުޔާ ސަރަހައްދަށް ކަރަންޓްދޭން ސްޓެލްކޯއިން ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރަކަށް ގުޅާފައި ހުރި ކޭބަލެއް މިދިޔަ އަންގާރަ ދުވަހު ވަގަށް ބުރިކުރި މައްސަލާގައި މިއަދު މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުރަމުން އަންނަ ކަަމަށް ވެސް ބުނެފައިވެއެވެ.

ސްޓެލްކޯއިން އަންގާރަދުވަހު ބުނީ ކޭބަލް ވަގަށް ނެގުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މަޖީދިއްޔާ ސްކޫލުގެ ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަމަށެވެ.

ކޭބަލްތައް ވަގަށް ނެގުމާއި ގެއްލުން ދިނުމުގެ މައްސަލަތައް ފަހަކަށް އައިސް ގިނަ ވަމުން އަންނަކަން ފާހަގަކުރެވެމުންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved