March 9, 2026
Advertisement
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ / ސޯޝަލް މީޑިއާ

ހަޔާ އެޑިއުކޭޝަނުން ފައިސާ ނުދޭތީ ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުން ހާލުގައި ޖެހިއްޖެ

Aminath Zara
އައިމިނަތު ޒާރާ
Jul 7, 2024, 04:54 PM
މާލެ ސިޓީ

ރާއްޖެއިން ބޭރުގައި ސަރުކާރުގެ ސްކޮލާޝިޕްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދޭންޖެހޭ ފައިސާ ނުފޮނުވާތީ ކޯސް ފީ ދެއްކުމާއި ޓިއުޝަން ފީތައް ދެއްކުމަށް ދަތިތަކާއި ކުރިމަތިލަމުން އަންނަކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

މިގޮތުން މިދިޔަ ޖޫން މަހުން ފެށިގެން ހަޔާ އެޑިއުކޭޝަނުން ބައެއް ދަރިވަރުންނަށް ފައިސާ ފޮނުވުން ވަނީ ހުއްޓާލައިފައިވާ ކަމަށްވެސް ޗެނަލް 13 އަށް މައުލޫމާތު ލިބިފައިވެއެވެ.

ދަރިވަރުންނަށް ދިމާވެފައިވާ މި މައްސަލައާއި ގުޅުގެން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ޑޮލަރުގެ ތާށިކަމާހެދި ކުދިންނަށް ފައިސާ ޖަމާ ކުރުމުގައި ލަސްތަކެއް އެބަ ހުރި ކަމަށާއި ނަމަވެސް ވީ އެންމެ އަވަހަށް ފައިސާ ޖަމާ ކުރުމަށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގިނަ އަދަދެއްގެ ދަރިވަރުން ސްޓޫޑެންޓް ލޯން އަދި ސްކޮލަޝިޕްގައި ރާއްޖެއިން ބޭރުން ތައުލީމު ހާސިލުކުރަމުން އަންނައިރު ސަރުކާރުގެ މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުން އުފުލަމުންދާ ދަތިތައް ގިނަގުނައެވެ. ސަރުކާރުގެ ވުޒާރާތަކުގެ ނާގާބިލުކަމާއި ހުރެ ހުރިހާ ދެރައެއް ލިބެނީ ނިކަމެތި ދިވެހި ރައްޔިތުންނަށެވެ. ކޮންމެ ދަރިވަރަކީ އަމިއްލައަށް ސެލްފް ފައިނޭންސް ކުރެވޭ ވަރުގެ ކުއްޖަކަށްނުވެ ސަރުކާރުގެ މިފަދަ ސިޔާސަތުތަކާއި ހުރެ ކޯސް މެދުކަޑާލައި ދަރިވަރުން އެނބުރި އައުމުގެ ފުރުސަތުވެސް ބޮޑެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved