March 9, 2026
Advertisement
ޑރ ޖަމީލް ޖަލްސާގައި ވާހަކަދައްކަވަނީ
ޑރ ޖަމީލް ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ކިޔަވާ ކުދިންނަށް ފައިސާ ދޭނެ ގޮތް އެމްބަސީތައް ބަންދުކޮށްގެންވެސް ހޯދަން ގޮވާލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 7, 2024, 09:19 PM
މާލެ ސިޓީ

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ކުދިންނަށް ފައިސާ ދޭނެ ގޮތް އެމްބަސީތައް ބަންދުކޮށްގެން ނަމަވެސް ހޯދަން ގޮވާލައިފިއެވެ.

Advertisement

މިފަދައިން ގޮވާލައްވާފައިވަނީ ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޑރ. ޖަމީލު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޚަރަދުކުޑާ ކުރުމުގެ ސިޔާސަތުތަކެއް އިއުލާންކުރެއްވި ނަމަވެސް އެކަން އަމަލުން ނުފެންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެ ސިޠާސަތުތައް އިއުލާންކުރެއްވުމަށް ފަހުވެސް ރައީސް މުއިއްޒު ގެންދަވަނީ ގާތް މީހުންގެ އާއިލާތަކަށް އެކި އެކި އެމްބަސީތަކުންވެސް ވަޒީފާ ހަމަަޖައްސަމުން ކަމަށް ޑރ. ޖަމީލު ފާހަގަކުރައްވާފައިވެއެވެ.

ޑރ. ޖަމީލު މިފަދައިްނ ގޮވާލާފައިވާއިރު، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ސްކޮލާޝިޕްތަކުގައި އަދި ސްޓޫޑެންޓު ލޯނު ނަގައިގެން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފައިސާ ނުފޮނުވެނީ ޑޮލަރުގެ ތާށިކަމާ ހެދި ކުދިންނަށް ފައިސާ ޖަމާ ކުރުމުގައި ލަސްތަކެއް އެބަ ހުރި ކަމަށާއި ނަމަވެސް ވީ އެންމެ އަވަހަށް ފައިސާ ޖަމާ ކުރުމަށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދާ ސުވާލު ކޮށްލުމުން ހީނާ ވަނީ އެފަދަ އެއްވެސް މައްސަލައެއް ނޫޅޭކަމަށް ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ކިޔަވަމުންދާ ބައެއް ދަރިވަރުންނަށް ވެސް ސަރުކާރުން ފައިސާ ޖަމާ ނުކޮށްދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved