May 26, 2026
Advertisement
ސީއެޗްއެސްސީގައި ގާއިމުކުރެވުނު ނަމާދު ގެ
ސީއެޗްއެސްސީގައި ގާއިމުކުރެވުނު ނަމާދު ގެ / އިސްލާމިކް މިނިސްޓްރީ

ސީއެޗްއެސްސީގައި ނަމާދުކުރާ ތަނެއް އިސްލާމިކް މިނިސްޓްރީން ހަދައިދީފި

Aminath Zara
އައިމިނަތު ޒާރާ
Jul 8, 2024, 06:30 PM
މާލެ ސިޓީ

ހުޅުމާލޭގައި ހުންނަ ސީއެޗްއެސްސީގެ އިމާރާތުގައި ދަރިވަރުން ނަމާދުކުރުމަށް ޖާގަ ތަނަވަސް ތަނެއް އިސްލާމިކް މިނިސްޓްރީއިން ހަދައިދީފިއެވެ.

Advertisement

އިސްލާމިކް މިނިސްޓްރީއިން ހަދައިދިން ނަމާދު ކުރާ ތަން ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ތަސައްވުރުގެ ދަށުން، އިސްލާމިކް މިނިސްޓްރީ އިން ފަންޑުކޮށްގެން ސީއެޗްއެސްއީގައި ނަމާދުކުރާ ތަނެއް ހަދައިދީފައިވާ ކަމަށެވެ. ވުޟޫކުރުމުގެ އިންތިޒާމް ވެސް އެތަނުގައި ހަމަޖެހިފައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމާދުކުރުމަށް އެފަދަ ފުރިހަމަ ތަނެއް ތައްޔާރުކޮށްދެއްވި ކަމަށް ޓަކައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދަށާއި އެވުޒާރާގެ އެންމެހާ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ސީއެޗްއެސްސީއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved